ހުޅުމާލޭގައި ބާރުގަދަ ގޮވުމެއްގެ އަޑެއް، ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ!

ހުޅުމާލޭގައި ބާރުގަދަ ގޮވުމުގެ އަޑެއް އިވުމާއިގުޅިގެން ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވާން ފަށައިފި އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ގޮވުމުގެ އަޑު އިވިފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އަދި މި ކަމުގެ ސަބަބުން އެއްވެސް ނުރައްކަލެއް އޮތް ތޯ ބެލުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަންނަނީ ކުރަމުން ނެވެ.

އިޝްތިހާރު Below Header ad

ފުލުހުން ބުނެފައިވަނީ އެ ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ބޯގަންވިލާ މަގުގައި ކުޅިވަރުކުޅުމަށް ޚާއްސަކޮށްފައި އޮންނަ ހުސްބިމުގައި ކަމަށެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ ގެއްލުމެއް ވެފައިވާކަމުގެ މައުލޫމާތު މިހައިތަނަށް ލިބިފައިނުވާ ކަމަށް ވެސް ބުނެއެވެ.

މިކަމުގެ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.