ކޮވިޑު ވެކްސިން ނުޖަހާ މީހުން ސައުދީގެ އާންމު ތަންތަނަށް ވަނުންވެސް މަނާ ކުރަނީ

ކޮވިޑް-19 ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް އާންމު ތަންތަނަށް ވަނުން މަނާކުރަން ސައުދީ އަރަބިއްޔާއިން ނިންމައިފި އެވެ.

މި ނިންމުމަށް އަމަލު ކުރަން ފަށާނީ އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު އެވެ. އެ ގައުމުގެ މިނިސްޓްރީ އޮފް މުނިސިޕަލް އެންޑް ރޫރަލް އެފެއާޒްއިން ބުނީ އެ ދުވަހުން ފެށިގެން އާންމުން ވަދެ ނުކުމެ އުޅޭ ހުރިހާ ތަނަކަށް ވަނުމަށް ސައުދީ ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންނަށް ކޮވިޑް ވެކްސިން ކާޑު ބޭނުންވާނެ ކަމަށެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

އެފަދަ ތަންތަނުގުެ ތެރޭގައި ހިމެނެނީ ޝޮޕިން މޯލް، ރެސްޓޯރެންޓް/ ކެފޭ، ރީޓެއިލްކޮށް ތަކެތި ވިއްކާ ފިހާރަތައް، އަދި ބޮޑެތި ސުޕާމާކެޓްތަކެވެ. މީގެ އިތުރުން ކައިވެނި ހަފްލާތަކާއި ސެލޫން އާއި ޖިމް ފަދަ ތަންތަން ހިމެނެ އެވެ.

އެ މިނިސްޓްރީން ބުނީ މި ފިޔަވަޅަކީވެސް ދުނިޔޭގެ އެކި ގައުމުތަކުން ކޮވިޑުގެ ތަފާތު ވޭރިއަންޓުތައް ފެންނާތީ އެ ގައުމުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.

ސައުދީން ވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން އެ ގައުމުގެ ރައްޔިތުން ގައުމުން ބޭރަށް ދަތުރު ކުރުމަށް ކޮވިޑް ވެކްސިން ފުރިހަމަ ކުރަން ޖެހޭ ގޮތަށް ހަމަޖައްސާފައި އެވެ. އޭގެ ތެރޭގައި އިސްތިސްނާ ވަނީ ތިން ބައެކެވެ.

އެއީ 12 އަހަރުން ދަށުގެ ކުޑަކުދިންނާއި ކޮވިޑު ޖެހުނުތާ ހަ މަސް ނުވާ ސައުދީ ރައްޔިތުންނެވެ. ދެން އިސްތިސްނާވަނީ ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުންގެ ތެރެއިން ވެކްސިންގެ އެއް ޑޯޒު ޖަހާފައިވާ މީހުންނެވެ.

ސައުދީގައި މިހާރު ވަނީ 20،000 ކޮވިޑް ވެކްސިން ޑޯޒު ދީފަ އެވެ. އަދި އެ ގައުމުގައި ކޮވިޑް ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.