ރާއްޖެ އިޝްތިހާރުކުރުމުގެ ޚާއްސަ ކެމްޕެއިނެއް، މިފަހަރު ދެކުނު ކޮރެއާއަށް!

ރާއްޖެ އިޝްތިހާރުކުރުމުގެ ޚާއްސަ ކެމްޕެއިނެއް ދެކުނު ކޮރެއާ މާކެޓަށް އަމާޒުކޮށްގެން އެމްއެމްޕީއާރުސީން ފަށައިފި އެވެ.

ރާއްޖެއަކީ ހަނީމޫން ހޭދަކުރަން މަގުބޫލު އަދި ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ކުރިއަށް ގެންދާ މި ކެމްޕެއިނަކީ އެ ގައުމުގެއެންމެ މަގުބޫލު އެއް ޓްރެވެލް އޭޖެންސީ ޕާމް ޓުއަރސްއާ ގުޅިގެން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.

އިޝްތިހާރު Below Header ad

ޕާމް ޓުއަރސްއާ ގުޅިގެން އެމްއެމްޕީއާރުސީން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އޮންލައިން ހަރަކާތްތަކުގެ ދަށުން ޕާމް ޓުއަރސްގެ ވެބްސައިޓްގެ އެންމެ ބޮޑު ބެނަރގައި ރާއްޖެ އިޝްތިހާރު ކުރާނެ އެވެ. އަދި މި ބެނަރ މެދުވެރިކޮށް ދެކުނު ކޮރެއާގައި ބޭނުންކުރާ އެމްއެމްޕީއާރުސީގެ ސޯޝަލް މީޑިއާ އެކައުންޓްތަކަށް ލިންކް ކުރެވޭނެ އެވެ.

އެމްއެމްޕީއާރްސީން ބުނީ އަންނަ މަހުގެ 21 އިން 22 ނިޔަލަށް ކުރިއަށް ގެންދާ ހަނީމޫން އިވެންޓްގައި ޕާމް ޓުއަރސްއިން ރާއްޖެއަކީ އެންމެ މަގުބޫލް ހަނީމޫން ޑެސްޓިނޭޝަންގެ ގޮތުގައި އިޝްތިހާރުކޮށް ރާއްޖޭގެ ހަނީމޫން ޕްރޮޓެކްޓްތަކާއި ތަޖުރިބާތައް އިޝްތިހާރުކުރާނެ ކަމަށެވެ.

މި އިވެންޓް މެދުވެރިކޮށް ރާއްޖެއަށް 80އަށް ވުރެ ގިނަ ބުކިންގ ލިބޭނެ ކަމަށް އެމްއެމްޕީއާރުސީން ވަނީ ލަފާކޮށްފަ އެވެ.

ކޮވިޑްގެ ހާލަތާއި ގުޅިގެން ދެކުނު ކޮރެއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

2019 ވަނަ އަހަރު ދެކުނު ކޮރެއާއިން ރާއްޖެއަށް 36،609 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މި މާކެޓުވެގެން ދިޔައީ 12 ވަނައަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި ގައުމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.