ފިރިމީހާއާ އެކު އޮރިޔާން ފިލްމު އުފެއްދުމުގައި ޝިލްޕާ ބައިވެރިވި ކަމަށް ފުލުހުން ޝައްކު ކުރަނީ!

ބޮލީވުޑްގެ އެކްޓްރެސް ޝިލްޕާ ޝެތީގެ ފިރިމީހާ ރާޖް ކުންދުރާގެ އޮރިޔާން ފިލްމު ހެދުމުގެ ވިޔަފާރީގައި އޭނާ ބައިވެރިވޭތޯ ބަލަން ފުލުހުން ތަހުގީގު ކުރަމުން އެބަދެ އެވެ.

އިންޑިއާގެ މުމްބާއީ ފުލުހުން މީޑިއާގައި ބުނީ ރާޖްގެ މަސައްކަތުގައި ޗިލްޕާ ބައިވެރިވެފައިވޭތޯ ބަލަން ތަހުގީގަށް ގިނަ މައުލޫމާތު ތަކެއް ހޯދާފައިވާ ކަމަށެވެ. އެކަމަކު މިހާތަނަށް ޝިލްޕާ އާއި ދެކޮޅަށް އެއްވެސް ހެއްކެތް އަދި އޮރިޔާން ފިލްމު އުފެއްދުމުގައު ރާޖް އާއި އެކު ޝިލްޕާ ބައިވެރިވެފައިވާ ކަމުގެ ހެއްކެތް ފެނިފައި ނުވާ ކަމަށެވެ.

އިޝްތިހާރު Below Header ad

ފުލުހުން ބުނީ އަދިވެސް ޝިލްޕާގެ ބައިވެރިވުން އޮތްތޯ ބަލަން ތަހުގީގު ހުއްޓާ ނުލައި ކުރިޔަށް ގެންދާނެ ކަމަށެވެ.

މި މައްސަލައިގަ ރާޖް ހައްޔަރު ކުރީ މިމަހުގެ19 ވަނަ ދުވަހު އެވެ. ޝިލްޕާ ވަނީ ރާޖް ހައްޔަރު ކުރުމުން އޭނާގެ ޖަޖްކަން ކުރާ ސޮނީ ޓީވީގެ “ސުޕާ ޑާންސް4” ގެ މަސައްކަތުން ވަގުތީ ގޮތުން އެކަހެރިވެފައި އެވެ.

ފުލުހުން ވަނީ މި މައްސަލައިގަ ރާޖް އާއި އެކު11 މީހުން ހައްޔަރު ކޮށްފައި އެވެ. އޭގެ ތެރޭގައި އޭނާގެ އައިޓީ އެޑްވެސް ހިމެނެ އެވެ.

މުމްބާއީ ހައްޔަރު ކުރި އެ މީހުންގެ ތެރެއިން އޮރިޔާން ފިލްމު އުފެއްދުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރަނީ ރާއްޖެ އެވެ. އެމީހުން އެ ފިލުތައް އާންމުންނަށް ދައްކަނީ އިނގިރޭސިވިލާތުގެ ލަންޑަނަށް ނިސްބަތްވާ މޮބައިލް އެޕްލިކޭޝަނެއް މެދުވެރި ކޮށެވެ.

އެ މައްސަލައިގަ އިންޑިއާގައި ވަނީ އެ އެފް ބްލޮކް ކޮށްފައި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.