ޚަބަރު ފީތާ

އ.ދގެ ގައުމީ މަޖިލީހުގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން މިނިސްޓަރ ޝާހިދު އިންޑިއާއަށް ވަޑައިގަންނަވަނީ!

އ.ދގެ ގައުމީ މަޖިލީހުގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިއީ އިންޑިއާ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި މި ދަތުރުފުޅުގައި ދިއްލީއަށް މިއަދު ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާއި އެކްސްޓަރނަލް އެފެއާޒް މިނިސްޓާރު ޑރ. އެސް. ޖަޔަޝަންކަރްއާ ބައްދަލު ކުރައްވާނެ އެވެ.

މިނިސްޓަރު ޝާހިދު އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތީ މިދިޔަ މަހުގެ 7 ވަނަ ދުވަހު އެވެ.

އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ރަލްމައި ރަސޫލްއާ ވާދަ ކުރައްވާ ޝާހިދު ރައީސްކަން ކާމިޔާބު ކުރެއްވީ 143 ވޯޓުން ނެވެ. ޑރ. ރަލްމައި ރަސޫލް އަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައި ވަނީ ސެޕްޓެމްބަރު 14، 2021 ގަ އެވެ.

ކޮންމެ ދައުރަކަށް ވަކި ރައީސަކު އިންތިޚާބު ކުރަން ޖެހޭއިރު އާންމު މަޖިލީހުގެ ދައުރު ފެށުމުގެ ތިން މަސް ކުރިން މަގާމުތަކަށް މެމްބަރުން އިންތިޚާބުކުރަން ޖެހެ އެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: