ޚަބަރު ފީތާ

ރައީސް ސޯލިހުގެ ދެކަނބަނލުން ލަންކާއަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްރީލަންކާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވަނީ މިއީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. އަދި އެނބުރި ވަދައިގަންނަވާނީ 23 ޖުލައި ވާ ހުކުރު ދުވަހު ކަމަށެވެ.

އީދު ބަންދާ ދިމާކޮށް ނުރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ރައީސް ސޯލިހުގެ ދެކަނބަލުން ވަޑައިގެންފައިވާއިރު، މިދިޔަ ހަފްތާގައި ރައީސްގެ ދެކަނބަލުން ވަނީ ބޮޑުތިލަދުންމަތީގެ ކުޅުދުއްފުށި، ހަނިމާދޫ އަދި ކުމުންދޫ އަށް ވަޑައިގެންފަ އެވެ.

Like
Like Love Haha Wow Sad Angry