
2023 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ތާއީދު އިތުރުކުރުމަށް ޝުޖާ ވަރުގަދަ ކެމްޕޭނެއް ފަށައިފި
2023 ގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ތާއީދު އިތުރުކުރުމަށް، ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވަރުގަދަ ކެމްޕޭނެއް ފަށައިފި އެވެ.
މިއީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޕްރޮގްރެސިވް ކޯލިޝަންގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފެށި ކެމްޕޭނެކެވެ.
ޝުޖާގެ އުފަން ބާރަށު ދާއިރާގައި މި ކެމްޕެއިން ފަށާފައިވާ އިރު، ބާރަށް، އުތީމު އަދި މުރައިދޫއަށް އޭނާ ވަނީ ވަޑައިގެން، އެރަށްރަށުގައި ތިބި ޕީޕީއެމް، ޕީއެންސީގެ މެމްބަރުންނާއި ވަނީ ބައްދަލުކުރައްވާފަ އެވެ.
ޝުޖާ ވިދާޅުވީ މިދަތުރުގައި އެންމެ ބޮޑަށްފާހަގަވެފައިވަނީ ރައީސް ޔާމީންނަށް ތާއީދު ކުރާ މީހުންގެ އަދަދު އިތުރުވަމުން ދާ ކަން ކަމަށެވެ.
އޭނާ ވިދާޅުވީ މި ވަގުތު ހުންނެވީ ޗުއްޓީ ދަތުރެއްގައި ކަމަށާއި އެހެންނަމަވެސް ރައީސް ޔާމީނަށް 2023 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ކުރާ މި މަސައްކަތުގައި އަވަދިނެތި އުޅުއްވާނެ ކަމަށެވެ.