އީރާނަށް ކޮވިޑު-19 ގެ “ފަސް ވަނަ ރާޅު” އަރާތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފި

އީރާނަށް ކޮވިޑް-19 ގެ ފަސް ވަނަ ރާޅު އަރާތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފި އެވެ.

ކޮވިޑް ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވަނީ ވެރިރަށް ތެހެރާން އާއި ތެހެރާންގެ ކައިރީގައިވާ ޕްރޮވިންސްތަކުގައި އެވެ. އީރާނުގައި މިހާރު ކޮންމެ ދުވަހަކު ކޮވިޑު ޖެހޭ މީހުންގެ އަދަދު ވަނީ ވޭތުވެދިޔަ ތަނުގައި ނުދާހާ މައްޗަށް ގޮސްފައި އެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

އިރާން ސަރުކާރުން ބުނީ ކޮވިޑުގެ ކޭސްތައް މާ ބޮޑަށް އިތުރުވެފައިވަނީ ޑެލްޓާ ވޭރިއަންޓު ފެތުރެން ފެށުމުން ކަމަށެވެ.

ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އެއް ޕްރޮވިންސުން އަނެއް ޕްރޮވިންސަށް ދަތުރު ކުރުން ހުއްޓާލަން ނިންމާފައިވެ އެވެ. އަދި ސަރުކާރު އޮފީސްތަކާއި ބޭެންކުތައް ބަންދު ކުރަން ވަނީ ނިންމާފައި އެވެ.

މީގެ އިތުރުން ބަލި ފެތުރިދާނެ ގޮތަކަށް ކުރާ ހުރިހާ ވިޔަފާރިތަކެއް ބަންދު ކުރުމަށް ވަނީ އަންގާފައި އެވެ. މިފިޔަވަޅުތައް އަޅާފައި މިވަނީ މިހާރު ކޭސްތައް އިތުރުވަމުންދާ ގޮތުން މި މަހުގެ ތެރޭގައި ފަސް ވަނަ ރާޅު އަރާނެ ކަމަށް ސިއްހީ ތަޖުރިބާކާރުން ލަފާ ކުރުމުންނެވެ.

މި ފިޔަވަޅުތަކަށް އަމަލު ކުރާނީ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ނިޔަލަށެވެ.

އީރާންގެ ކޯވިޑުގެ ހާލަތަށް ބަލާއިރު އިއްޔެ 25،441 މީހުން ޕޮސިޓިވްވެފައިވެ އެވެ.

މިހާތަނަށް އެ ގައުމުން ކޮވިޑު ޖެހިފައިވަނީ 3.5 މިލިއަން މީހުންނަށެވެ. އޭގެ ތެރެއިން 87،370 މީހުން ވަނީ މަރުވެފައި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.