އެޗްޕީއޭ ގެ ގައިޑްލައިނާ އެއްގޮތަށް ގެސްޓްހައުސްތަކުން ޢަމަލު ކުރުމަށް ގޭމް އިން އިލްތިމާސްކޮށްފި

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ޢަމަލު ކުރުމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ދު އިލްތިމާސް ކޮށްފި އެވެ.

ގޭމް އިން މިގޮތަށް އިލްތިމާސްކޮށްފައި މިވަނީ އެޗްޕީއޭ ގެ ގައިޑްލައިނާ ޚިލާފުވެގެން ތިން ގެސްޓްހައުސްއެއްގެ ލައިސަންސް ހިފަހައްޓާފައިވަނިކޮށެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ގޭމްއިން ނެރުނު ބަޔާނެއްގައި ބުނީ ދެކުނު އޭޝިއާގެ ގިނަ ގައުމުތަކުގައި ކޮވިޑުގެ ހާލަތު ގޯސްވުމާއެކު އެ ސަރަހައްދުން ފަތުރުވެރިން އައުން މަނާކޮށްފައި ބޭއްވުމަށްފަހު މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން އެ ހުއްދަ ދޭން ސަރުކާރުން ނިންމާފައިވަނިކޮށް، އޭގެ ކުރިން އެ ސަރަހައްދުގެ ފަތުރުވެރިންތަކަކަށް މާލެ ސަރަހައްދުގައި ހުރި ގެސްޓްހައުސްތަކަކުން ޚިދުމަތް ދިންކަން ހާމަވެފައިވާ ކަމަށެވެ.

ގަވައިދާ ޚިލާފުވި ގެސްޓްހައުސްތަކަށް ފިޔަވަޅު އެޅުމުން އެކަމަށް ގޭމް އިން ވަނީ މަރުހަބާ ކިޔާފަ އެވެ. އަދި ގެސްޓްހައުސްތަކުން އަމަލުކުރި ގޮތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ހުރިހާ ގެސްޓްހައުސްތަކުން ވެސް އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމަށާއި ގެސްޓްހައުސްތަކުގެ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރުމަށް ވެސް ގޭމް އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ގަވައިދާ ޚިލާފަށް ޚިދުމަތްދިން ތިން ގެސްޓްހައުސްއެއް ސަސްޕެންޑްކޮށްފައިވާ އިރު، ސައްހަ ނޫން ހޮޓެލް ބުކިންގތަކެއް ހިފައިގެން ރާއްޖޭގެ ބޯޑަރުން އެތެރެވާން އުޅުނު 248 ޓޫރިސްޓަކު ވެސް ވަނީ ދާދި ފަހުން ހުއްޓުވާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.