ޚަބަރު ފީތާ

ރާއްޖެއިން މިއަދު ޕޮޒިޓިވް ވީ 63 މީހުން!

ރާއްޖެއިން މިއަދު ޕޮޒިޓިވް ވީ 63 މީހުން ކަމަށް އެޗްޕީއޭ އިން ހާމަކޮށްފި އެވެ.

އެ އިދާރާ އިން ބުނީ މީގެ ތެރޭގައި ހިމެނެނީ މާލެއިން 13 މީހުންނާއި އަތޮޅުތަކުން 28 މީހުން އަދި ރިސޯޓުތަކުން 22 މީހުން ކަމަށެވެ.

އެޗްޕީއޭގެ ތަފާސް ހިސާބަށް ބަލާ އިރު، މިހައިތަނަށް ރާއްޖެއިން ވަނީ 75،879 މީހުންނަށް ކޮވިޑު ޖެހިފަ އެވެ. ނުވަތަ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

ރާއްޖެއިން ކޮވިޑު ބައްޔަށް ފަރުވާ ހޯދަމުން ފިޔަ މީހުންގެ ތެރެއިން 73،226 މީހުން ވަނީ މި ބަލިން ރަނގަޅުވެފަ އެވެ.

ތަފާސް ހިސާބަށް ބަލާ އިރު، ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން 12 މީހުންނަށް އަންނަނީ ފަރުވާ ދެމުން ނެވެ. އަދި އެކްޓިވް ކޭސްގެ އަދަދަކީ 2،425 އެވެ.

މި ބަލީގައި ރާއްޖެއިން މިހައިތަނަށް ނިޔާވެފައިވަނީ 216 މީހުން ނެވެ.

ފާއިތުވި 24 ގަޑި އިރު، ރާއްޖެއިން ނެގީ 5،327 ސާމްޕަލެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: