ދެ ރަށެއްގައި ހައުސިންގ ޔުނިޓް ނިންމުމަށް 2 ކުންފުންޏަކާ ހަވާލުކޮށްފި

ދެ ރަށެއްގައި ހައުސިންގ ޔުނިޓް ނިންމުމަށް 2 ކުންފުންޏަކާ ޕްލޭނިންގ މިނިސްޓްރީން ހަވާލުކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ ހދ. ނޮޅިވަރަންފަރާއި ހަނިމާދޫގެ ހައުސިންގ ޔުނިޓްތައް އިމާރާތް ކުރުމުގެ މަޝްރޫއު ނިންމުމަށް އަމިއްލަ 2 ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

އެގޮތުން ނޮޅިވަރަންފަރުގައި އިމާރާތްކުރަން ފަށާފައިވާ 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ނިންމުމަށް ހަވާލުކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ.

މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 240 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 53,544,424.97 ރުފިޔާ އަށެވެ.

Sign 2

ހަނިމާދޫގައި އިމާރާތްކުރަން ފަށާފައިވާ 52 ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތާއި އަލަށް އިމާރާތްކުރާ 48 ހައުސިންގ ޔުނިޓް މަސައްކަތް ނިންމުމަށް ދޮންބެޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 79,393,199.70 ރުފިޔާ އަށެވެ.

މި މަސައްކަތް އެ ކުންފުނިން 330 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފެށި މި މަޝްރޫއުތައް ހުއްޓިފައިވަނީ 2014 ވަނަ އަހަރު އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.