ސީއައިޑީ ސީޒަން 2 ފަށަނީ، އެކްޓަރުން ތައްޔާރުވާން ފަށައިފި

ސީއައިޑީ ސީޒަން 2 ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ތައްޔާރުވެފައިވާކަމަށް އިންޑިއާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފި އެވެ.

ޚަބަރުތައް ބުނާ ގޮތުން މި ސީޒަން ވެސް ޑައިރެކްޓް ކުރާނީ ސީޒަން 1 ވެސް ޑައިރެކްޓް ކުރި ބީޕީ ސިންގް އެވެ. އަދި މުހިންމު ރޯލުތަކުން ފެނިގެންދާ ހުރިހާ ތަރިން ވެސް ސީޒަން 2 އަށް ތައްޔާރުވުމަށް އަންގާފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

އިޝްތިހާރު Below Header ad

ޑައިރެކްޓަރ ބީޕީ ސިންގ އާ ހަވާލާދީ ޚަބަރުތައް ބުނެފައިވަނީ މި ސީޒަން ވަރަށް ތަފާތުވާނެ ކަމަށެވެ.

ސީއައިޑީގައި އަބީޖީތްގެ ރޯލުން ފެނިގެންދާ އަދިތްޔާ ސްރިނިވާސްތަވަ ވެސް އިންޑިއާގެ ނޫހަކަށް ބުނެފައިވަނީ ސީއައިޑީގެ ސީޒަން 2 ފެށުމާއި ގުޅޭ މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. އަދި އެކަމަށް އޭނާ ވެސް ތައްޔާރުވަމުން އަންނަކަމަށް ބުނެފައި ވެއެވެ.

އެހެންނަމަވެސް ސީޒަން 2 ފަށާނެ ދުވަހެއް އަދި ދައްކާނެ ޗެނަލެއް ނިންމާފައި ނުވާ ކަމަށް ޚަބަރުތައް ބުނެފައި ވެއެވެ.

20 އަހަރުގެ ދިގު މުއްދަތަށް ސޮނީ ޓީވީން ދައްކާފައިވާ ސީއައިޑީ ސީޒަން 1، މިއީ އިންޑިއާގެ ޓީވީ ސިލްސިލާތަކުގެ ތެރެއިން އެންމެ ގިނަ ދުވަހު ދެއްކި ސީރީޒްތަކުގެ ތެރޭގައި ހިމެނޭ ސީރީޒެކެވެ. އަދި މިއީ ގިނަ ބަޔަކު ބަލާހިތްވާ، އެއަށް އިންތިޒާރުކުރާ ސީރީޒެއްވެސް މެއެެވެ.

ޕޮލިސް އޮފިސަރުންތަކެއް ހިންގާ ކުށުގެ ވެށީގެ އޮޕަރޭޝަންތަކެއްގެ މައްޗަށް ބިނާވެފައިވާ އެ ސިލްސިލާގެ ސީޒަން 1، މެދުކެނޑުމެއް ނެތި 20 އަހަރު ދައްކާފައިވާ އިރު، އޭގެ ރޭޓިންގ ދަށްވެފައި ނުވާކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.