
ކޮވިޑުގައި ރާއްޖެއިން މިއަދު ޕޮޒިޓިވް ވީ 80 މީހުން!
ކޮވިޑުގައި ރާއްޖެއިން މިއަދު ޕޮޒިޓިވް ވީ 80 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
އެ އިދާރާ އިން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ ފާއިތުވި 24 ގަޑި އިރު، މާލެ ސަރަހައްދުން ޕޮޒިޓިވް ވީ 16 މީހުން ކަމަށެވެ. އަދި އަތޮޅުތަކުން 56 މީހުންނާއި ރިސޯޓުތަކުން 8 މީހުން ވެސް މިއަދު ޕޮޒިޓިވް ވި ކަމަށް ވެސް އެޗްޕީއޭ އިން ބުނެފައި ވެއެވެ.
މި އަދަދާއެކު 75،816 މީހުންނަށް ރާއްޖެއިން ކޮވިޑު ޖެހިފައިވާ އިރު، ރާއްޖެއިން ކޮވިޑު ޖެހުނުު މީހުންގެ ތެރެއިން 73،072 މީހުން ވަނީ ރަނގަޅުވެފަ އެވެ.
ހޮސްޕިޓަލުގައި 23 މީހުން އެނދުމަތި ކޮށްގެން ފަރުވާ ދޭ އިރު، ކޮވިޑުގައި ރާއްޖެއިން މިހައިތަނަށް 216 މީހުން ވަނީ ނިޔާވެފަ އެވެ.
✳️ COVID-19 : Case Updates pic.twitter.com/as85en8KEU
— Health Protection Agency (@HPA_MV) July 17, 2021