
ކުމުންދޫގެ ބައެއް ތަންތަން ރައީސް ސޯލިހުގެ ދެކަނބަނލުން ބައްލަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް އަދި އަނބިކަނބަލުން ފަޒްނާ އަޙްމަދު ހދ. ކުމުންދޫ ޞިއްޙީ މަރުކަޒަށާއި ސްކޫލަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ޙާލަތު ބައްލަވާ ލައްވައިފި އެވެ.
ރައީސްގެ ދެކަނބަނލުންގެ މި ޒިޔާރަތުގައި އެ ތަންތަނުގެ ޙާލަތު ވަނީ ބައްލަވާ ލައްވާފަ އެވެ.
މި ތަންތަންތަނުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަނީ އެރަށުގެ ފެނާ ނަރުދަމާގެ މަސައްކަތް ކުރިޔަށްދާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި އެ މަސައްކަތް ކުރިޔަށްދާ ގޮތް ވެސް ބައްލަވާލައްވާފަ އެވެ. އަދި ކުމުންދޫ ކުޅީ ސަރަޙައްދަށް ވެސް ޒިޔާރަތްކުރައްވައި އެ ސަރަޙައްދު ވެސް ބައްލަވާ ލައްވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުމުންދޫ ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލްގެ ޙާލަތު ބައްލަވާލައްވާފައި ވާއިރު، އެ ސްކޫލުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް އިމާރާތްކުރާ 12 ކްލާސްރޫމްގެ މަޝްރޫޢު މިހާރު އޮތީ ޕްރީ ޓެންޑަރިންގ މަރުޙަލާގަ އެވެ.
ކުމުންދޫ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތުގެ މިހާރު ކުރިޔަށްދަނީ ވޯޓަރ ނެޓްވާރކްގެ މަސައްކަތާއި އާރު.އޯ ބިލްޑިންގ ގެ މަސައްކަތެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ކުމުންދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ.
މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލަކީ ކުޅުދުއްފުށި ސިޓީއެވެ. އަދި، ކުމުންދޫއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހދ. ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
Thiulhenee hanimaadhoo indiyahah vihkaalan thikahala nulafaareyvun misarukaarun kuranee dhivehirayyithunnah kihinethoa hahdhavan thiulhuhvanee ajaibu fahehnuvaane