ރައީސް ސޯލިހުގެ އަނބިކަނބަލުން ކުޅުދުއްފުށި އެފްސީއެސްސީ އަށް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުޅުދުއްފުށި ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު ކުޅުދުއްފުށީ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ) އަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި އެވެ.

އެކަމަނާގެ އަރިހުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ ވަނީ މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

އިޝްތިހާރު Below Header ad

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެ ސެންޓަރުގައި ތިބި ބައެއް ކުދިންނާއެކު ވަގުތު ހޭދަކުރައްވާފަ އެވެ. އަދި، އެކަމަނާ އެ ސެންޓަރުގެ ޙާލަތު ބައްލަވާލައްވައި އެ ސެންޓަރު ހިންގުމުގައި ދިމާވާ ދަތިތައް އޮޅުންފިލުއްވާފައި ވެއެވެ.

މިގޮތުން، ސެންޓަރުގެ އިސްވެރިންނާއި އެކު ބޭއްވުނު ބައްދަލުކުރެއްވުމުގައި ކަމާގުޅޭ ހުރިހާ މުއައްސަސާއަކުން ގުޅިގެން ލަނޑުދަނޑިތައް ހާސިލްކުރަން މަސައްކަތްކުރާނެ ގޮތްތަކާއި، ސެންޓަރު ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެ ކަންކަން ޙައްލުކުރުމާ ބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެންމެން އެކީގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި އެކަމަނާ ވަނީ އެތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވެންހުރި މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެތަނުގައި ދިރިއުޅޭ ކުއްޖަކާއެކު އެ ސެންޓަރުގައި ގަހެއް އިންދަވާދެއްވާފަ އެވެ.

ހދ. ކުޅުދުއްފުށީ ފެމެލީ އެންޑް ޗިލްރަންސް ސަރވިސް ސެންޓަރަކީ 2007 ވަނަ އަހަރު ކުރިއަށް ގެންދިޔަ މަޝްރޫޢުތަކުގެ ތެރެއިން، ލާމަރުކަޒީ އުޞޫލުން އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި ޔުނިސެފާއި، ސަރުކާރު ހިއްސާވާގޮތަށް ފެށި މަސައްކަތުން ހުޅުވާފައިވާ ސެންޓަރެކެވެ.

ހދ. އެފް.ސީ.އެސް.ސީ އިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ގެވެށި އަނިޔާ ލިބިފަިއވާ ފަރާތްތަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމާއި، ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމާއި، ޢާާއިލާއާއި ރީއިންޓަގްރޭޓް ކުރެވެންދެން އެފަރާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ސެންޓަރުގައި ރައްކާތެރިކަން ހޯދާ ފަރާތްތަކުން އަނބުރާ މުޖުތަމަޢަށް ދާން ތައްޔާރުވުމުން، އެފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ކުޅުދުއްފުށްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. ކުމުންދޫ އަދި ހދ. ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.