މިއަދު 114 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ރާއްޖެއިން މިއަދު 114 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނެފައިވަނީ މިއަދު މާލެއިން ޕޮޒިޓިވް ވީ 18 މީހުން ކަމަށެވެ. އަދި މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި އަތޮޅުތަކުން 82 މީހުންނާއި ރިސޯޓުތަކުން 9 މީހުން އަދި ތަރައްގީވަމުން އަންނަ ރަށްތަކުން 5 މީހުން ވެސް ހިމެނޭ ކަމަށް ވަނީ ބުނެފަ އެވެ.
މިއަދުގެ 114 މީހުންނާއެކު ރާއްޖެއިން މިހައިތަނަށް 75،736 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އަދި 72،930 މީހުން ވަނީ މި ބަލިން ރަނގަޅުވެފަ އެވެ.
ކޮވިޑު ބަލީގައި ރާއްޖެއިން މިހައިތަނަށް 216 މީހުން ވަނީ ނިޔާވެފަ އެވެ.
✳️ COVID-19 : Case Updates pic.twitter.com/YJ2CvXG9TW
— Health Protection Agency (@HPA_MV) July 16, 2021