ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން އަލުން އިއާދަ ކުރުމާގުޅޭ ގޮތުން ދެ ރައީސުން މަޝްވަރާ ކުރައްވައިފި

ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން އަލުން އަނބުރާ އިއާދަ ކުރުމާގުޅޭ ގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޗައިނާގެ ގެ ރައީސް ޝީ ޖިންޕިންގ މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް ސޯލިހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން އަލުން އަނބުރާ އިއާދަ ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މިއަދު މެންދުރުގެ ވަގުތެއްގައި ޗައިނާގެ ރައީސް ޖިންޕިންގއާ ފޯނުން ގުޅުއްވައި މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

ޗައިނާގެ ރައީސް ޖިންޕިންގއާއެކު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ދެ ގައުމުގެ ދެމެދު އޮތް ޚާރިޖީ ގުޅުމާއި ދެގައުމު ދެމެދުގައި އެއްބާރުލުން ދެމުން އަންނަ މިންވަރު އިތުރު ކުރަން ވެސް މަޝްވަރާ ކުރެވުނު ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

މި ފޯނު ކޯލްގައި ރައީސް ސޯލިހު ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ ފެންވަރުގައި ޗައިނާއިން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ. އަދި ރާއްޖެއަށް ސައިނޯފާމް ވެކްސިންގެ ދެލައްކަ ޑޯޒް ހަދިޔާކުރެއްވުމަށް ނިންމެވި ނިންމެވުމަށް ވެސް ރައީސް ސޯލިހު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ތަރައްގީގައި ޗައިނާއިން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށާއި ކުރިޔަށް އޮތްތަނުގައި ވެސް މިފަދަ ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ޗައިނާގެ ސަރުކާރާއެކު ކުރިޔަށް ގެންދިޔުމަށް ދިވެހި ސަރުކާރު ތައްޔާރަށް އޮތްކަން ރައީސް ސޯލިހު ވަނީ ހާމަކުރައްވާފަ އެވެ.

އެގޮތުން ޗައިނާގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާ އައު ސަފީރާއެކު މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ޒަމާންވީ ގުޅުމެއް ރާއްޖެ-ޗައިނާ ދެމެދު އޮތްއިރު، ޗައިނާއަކީ ރާއްޖެއަށް ގިނަ އެހީތަކެއް ކުރީއްސުރެ ވަމުން އަންނަ ގައުމެއް ކަމަށްވާއިރު، ކޮވިޑް-19 އާ ގުޅިގެންވެސް އެގައުމުން ވަނީ ގިނަ އެހީތަކެއް ވަނީ ރާއްޖެއަށް ފޯރުކޮށްދީފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.