ޚަބަރު ފީތާ

ހުކުރު ދުވަހުގެ ބައެއް އަދަބުތައް !

ފޮޓޯ: ދެން

އިރު އެދުވަހެއްގެ މައްޗަށް އެރި އެންމެ ހެޔޮ ދުވަހަކީ ހުކުރު ދުވަހެވެ. ހުކުރު ދުވަހަކީ މުސްލިމުންގެ މައްޗަށް މާތް ﷲ ލައްވާފައިވާ ޢީދު ދުވަހެވެއެވެ. ހުކުރު ދުވަހުގައި މާތް ﷲ ވަނީ ދުޢާ އިޖާބަކުރައްވާ ވަޤުތެއް ވެސް ލައްވާފައެވެ.

ހުކުރު ދުވަހަކީ ފާފަތައް ފުއްސަވާ ދުވަހެކެވެ. އެހެނީ މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅުކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. “ބޮޑެތިފާފަތަކުން ދުރުހެލިވެގެންވާނަމަ (ފަރުޟު) ފަސްނަމާދާއި، އެއްހުކުރުން އަނެއްހުކުރުގެ ދެމެދަކީ، އެކަންތައްތަކުގެ ދެމެދުގައިވާ ކުދިފާފަތަކުގެ ކައްފާރާއެވެ.” އެއީ ބޮޑެތި ފާފަތަކުން ދުރުވާކަމުގައި ވަނީނަމައެވެ”.

ހުކުރު ދުވަހުގެ ބައެއް އަދަބުތައް!

  • ހުކުރު ވިލޭ ރެއާއި ހުކުރު ދުވަހުގައި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔުން ގިނަ ކުރުމަށް އެކަލޭގެފާނު ވަނީ އުއްމަތަށް އިރުޝާދު ދެއްވާފައި!
  • ހުކުރު ދުވަހުގައި ހިނައިގަތުމަކީ ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެއް!
  • ހުކުރު ދުވަހުގައި ރީތިވެ ނަލަވުން މުސްތަޙައްބުވެގެންވޭ، އަދި ސިވާކު ކުރުމާއި ފޭރާމުގައްޔާއި ގައިގައި ހުވަނދުލުމަށް ބާރުއަޅުއްވާފައިވޭ! (
  • ކަހްފު ސޫރަތް ކިޔެވުން މުސްތަޙައްބުވެގެންވޭ! އެހެނީ ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހަކަށްޓަކައި، އަނެއް ހުކުރާ ޖެހެންދެން ނޫރެއްލެއްވޭނެކަމަށް މާތް ނަބިއްޔާ صلى الله عليه وسلم ވަނީ ބަޔާންކުރައްވާފައި!
  • ހުކުރު ނަމާދަށް ވީހާވެސް އަވަހަށް ދިޔުން މޮޅު އިތުރުވެގެންވޭ! އެހެނީ، ހުކުރު ދުވަހުގެ ފުރަތަމަ ބައިގައި ހާޒިރުވާ މީހަކީ، ޖަމަލެއް ޤުރުބާން ކުރި މީހެއްފަދަ މީހެއްކަމާއި، އަދި ދެވަނަ ބައިގައި ހާޒިރުވި މީހަކީ ގެރިއެއް ޤުރުބާން ކުރި މީހެއްފަދަކަމާއި، އެއަށްފަހު ބަކަރިއެއް، އެއަށްފަހު ކުކުޅެއް، އެއަށްފަހު ބިހެއްގެ މިންވަރު ޤުރުބާން ކުރި މީހެއްފަދަ ކަމަށާއި، އެގޮތުން އިމާމު ހާޒިރުވުމުން މަލާއިކަތްބޭކަލުންވެސް ޚުޠުބާ އަޑުއެހުމުގެ ގޮތުން އިށީނދެވަޑައިގަންނަވާނެކަމަށް މާތް ނަބިއްޔާ صلى الله عليه وسلم ވަނީ ޙަދީޘްފުޅު ކުރައްވާފައި!
  • ހުކުރު ދުވަހު އިމާމު ހުކުރު ޚުޠުބާ ކިޔާއިރު ކަނުލާއަޑުއެހުމަށްވަނީ އަމުރުކުރެވިގެން!
  • ހުކުރު ނަމާދަށް ހާޒިރުވާ މީހާ މިސްކިތުގައި އިށީނުމުގެ ކުރިން މަސްޖިދުސުންނަތުގެ ދެރަކުޢަތް ނަމާދު އަދާކުރަންވާނެ! އެހެނީ، މާތް ނަބިއްޔާ صلى الله عليه وسلم ވަނީ އެކަލޭގެފާނު ޚުޠުބާ ވިދާޅުވަނިކޮށް ހާޒިރުވެ މިސްކިތުގައި އިށީން މީހަކަށް، ތެދުވެ ދެރަކުޢަތް ނަމާދު އަދާކުރުމަށް އަމުރުފުޅު ކުރައްވާފައި
  • ހުކުރު ނަމާދަށް ހާޒިރުވާ މީހާ، ކުރިން ހާޒިރުވެފައިވާ މީސްތަކުން ދުރަށް ޖައްސައި، ދޭދޭ މީހުން ދުރުކޮށް ޖާގަ ހޯދަން މަސައްކަތް ނުކުރުމަށް މާތް ނަބިއްޔާ صلى الله عليه وسلم ވަނީ އަމުރުކުރައްވާފައި!

 

މައުޟޫމާތު: ދިސަލަފިއްޔާ

Like
Like Love Haha Wow Sad Angry