ޚަބަރު ފީތާ

ރަޝިއާގައި ޖަހާނީ އެ ގައުމުގަ އުފައްދާފައިވާ ކޮވިޑް ވެކްސިން އެކަނި!

ރަޝިއާ ރައްޔިތުންނަށް ކޯވިޑް-19 ވެކްސިން ދޭން ގައުމުން ބޭރުގެ އުދެއްފުންތައް އެ ގައުމުގައި ބޭނުން ކުރުމުގެ ހުއްދަ ދޭން ނުވިސްނާ ކަމަށް ބުނެފި އެވެ.

ރަޝިއާއިން ބޭނުން ކުރަމުން ދަނީ ހަތަރު ވެކްސިނެކެވެ. އެއީ އެ ގައުމުގައި ތައްޔާރުކޮށްފައިވާ ވެކްސިންތައް ކަމަށްވާ އެޕިވެކްކޮރޯނާ، ސްޕުޓްނިކް، އަދި ކޮވިވެކް އާއި ސްޕުޓްނިކް ލައިޓް އެވެ.

ރަޝިއާ ސަރުކާރާއި ހަވާލާދީ މީޑިއާގައި ބުނެފައިވަނީ އީޔޫ އާއި އެހެން ގައުމުތަކުން ބާރު އެޅިއަސް އެހެން ގައުމުތަކުން އުފައްދާފައިވާ ވެކްސިން އެތެރެކޮށް ބޭނުން ކުރުމުގެ މާބޮޑު ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. އަދި އަމިއްލަ ހަތަރު އުފެއްދުން މަދީތޯ ސުވާލު ކޮށްފައިވެ އެވެ.

އެ ގައުމު ސަރުކާރުން މިހެން ބުނެފައިމިވަނީ ހަމައެކަނި ސްޕުޓްނިކް ބޭނުން ކުރާތީ އާބާދީއަށް ވެކްސިން ދިނުން ލަސްވާތީ ރަޝިއާ ސަރުކާރަށް ކުރިމަތިވާ ފާޑުކިޔުންތަކާއި ގުޅިގެންނެވެ. ރަޝިއާއިން ބުނީ އެ ގައުމުގައި އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން ސްޕުޓްނިކް ވެކްސިން އަކީ ދުނިޔޭގެ އެއްވަނަ ވެކްސިން ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި ކޮވިޑް ވެކްސިން ޖެހުމާއި މެދު ރަޝިއާ ރައްޔިތުންގެ ވިސްނުން ވަރަށް ތަފާތެވެ. 54 ޕަސެންޓު މީހުން ވެކްސިން ޖަހަން ބޭނުން ނުވާއިރު ގިނަ ބަޔަކު ބޭނުންވަނީ އެހެން ގައުމުތަކުގައި އުފައްދާފައިވާ ވެކްސިން ޖަހާށެވެ.

ރަޝިއާގެ ވެކްސިން ޖަހަންޖެހޭ އަބާދީގެ ތެރެއިން މިހާތަނަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވަނީ އެންމެ 20 ޕަސެންޓު މީހުންނެވެ.

 

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ރަޝިއާގައި ޖަހާނީ އެ ގައުމުގަ އުފައްދާފައިވާ ކޮވިޑް ވެކްސިން އެކަނި!"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.