ޚަބަރު ފީތާ

ޑެވޮންޑޭލް ކިރަށް ޚާއްސަ ޕްރޮމޯޝަނެއް އެސްޓީއޯ އިން ފަށައިފި

ޑެވޮންޑޭލް ކިރަށް ޚާއްސަ ޕްރޮމޯޝަނެއް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ފަށައިފި އެވެ.

އެ ކުންފުނިން ބުނީ މި ޕްރޮމޯޝަން އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި އެއްހާސް ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަކަށް، އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓުން ވިއްކާ ތަކެތީގެ ޚާއްސަ ގިފްޓް ހެމްޕާރއެއް ދިނުމަށް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ޑެވޮންޑޭލް ފުލްކްރީމް ޕެކެޓް ވިއްކަމުން އައި އަގަށް ވަނީ ބަދަލު ވެސް ގެނެސްފަ އެވެ. އެގޮތުން ފުލް ކްރީމް 1 ލީޓަރުގެ ޕެކެޓެއް 23 ރުފިޔާއަށް ވިއްކާއިރު، 40 ރުފިޔާއަށް ދެ ޕެކެޓް ލިބޭނެ ކަމަށް ބުންޏެވެ.

އެ ޕްރޮމޯޝަން އެސްޓީއޯ ސުޕަރމާޓް، އެސްޓީއޯ ސުޕަރމާޓް ހޯލްސޭލް ސެންޓަރ އަދި އަތޮޅުތަކުގައި ހުންނަ އެ ކުންފުނީގެ ފިހާރަތަކުގައި ކުރިއަށްދާނެ ކަމަށް ވެސް ބުންޏެވެ.

Like
Like Love Haha Wow Sad Angry