މިއަދު ޕޮޒިޓިވް ވި އަދަދު 200 އިން މައްޗަށް އަރައިފި
މިއަދު ޕޮޒިޓިވް ވި އަދަދު 200 އިން މައްޗަށް އަރައިފި އެވެ.
އެޗްޕީއޭ ގެ ތަފާސް ހިސާބުން ފެންނަ ގޮތުގައި މިއަދު ޕޮޒިޓިވް ވެފައިވަނީ މާލެއިން 31 މީހުންނާއި އަތޮޅުތަކުން 88 މީހުން ނެވެ. އަދި ރިސޯޓުތަކުން 6 މީހުންނާއި ތަރައްގީވަމުން އަންނަ ރަށްތަކުން 92 މީހުން ވެސް ވަނީ މިއަދު ޕޮޒިޓިވް ވެފަ އެވެ.
މިއދު ޕޮޒިޓިވް ވި 217 މީހުންނާއެކު 75،622 މީހުންނަށް ރާއްޖެއިން ވަނީ ކޮވިޑު ޖެހިފަ އެވެ. އަދި މިބަލިން ރަނގަޅުވެފައިވަނީ 72،833 މީހުން ނެވެ.
ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 14 މީހުންނަށް ފަރުވާ ދޭ އިރު، އެކްޓިވް ކޭސްގެ އަދަދަކީ 2،562 އެވެ.
ކޮވިޑު ޖެހިގެން ރާއްޖެއިން މިހައިތަނަށް ނިޔާވެފައިވަނީ 215 މީހުން ނެވެ.
ފާއިތުވި24 ގަޑި އިރު ނަގާފައިވަނީ 5،739 ސާމްޕަލެވެ.
✳️ COVID-19 : Case Updates pic.twitter.com/3njKn4ycoD
— Health Protection Agency (@HPA_MV) July 15, 2021