2 މިނިސްޓްރީއަކަށް ސްޓޭޓް މިނިސްޓަރުން ރައީސް ސޯލިހު އައްޔަން ކުރައްވައިފި
2 މިނިސްޓްރީއަކަށް ސްޓޭޓް މިނިސްޓަރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވައިފި އެވެ.
ރައީސް ސޯލިހު، ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މއ. ބޯގަންވިލާ، ޙުސައިން އިސްމާޢީލް އެވެ. އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމަށް އައްޔަން ކުރެއްވީ މ. ބާންސާގެ، މުޙައްމަދު ޝިހާބު އެވެ.
ބެލްޖިއަމްގެ އިކޮނިމިކްސް ސްޓަޑީ ބިއުރޯ ބަރޖް އިން ޑިޕްލޮމާއިން މާކެޓިންގ އެންޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނިންގ ޙާޞިލްކުރައްވައިގެން ހުންނެވި ޙުސައިން އިސްމާޢީލް މި މަޤާމަށް ޢައްޔަނުކުރެއްވުމާއި ހަމައަށް ހުންނެވީ ލ. ފޮނަދޫ ދާއިރާގެ އެމް.ޑީ.ޕީ ޤައުމީ މަޖިލީހުގެ ރައީސްގެ މަގާމުގަ އެވެ.
ހީޓް ހެލްތް އެންޑް ފިޓްނަސް ގެ ޗެއަރމަން ގެ މަގާމުވެސް އަދާ ކުރައްވާ ޙުސައިން އިސްމާޢީލް ވަނީ މިނިސްޓްރީ އޮފް ހިއުމަން ރިސޯސް ޔޫތް އެންޑް ސްޕޯޓްގެ ޑެޕިއުޓީ މިނިސްޓަރގެ މަޤާމުވެސް އަދާކުރައްވާފަ އެވެ.
މުޙައްމަދު ޝިހާބު ވަނީ އިންޑިޔާގެ ނިއުދިއްލީގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަލް ޕްލޭނިންގ އެންޑް އެޑްމިނިސްޓްރޭޝަން އިން ޑިޕްލޮމާ އިން އެޑިއުކޭޝަނަލް ޕްލޭނިންގ އެންޑް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފަ އެވެ.
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޯޑް މެންބަރުކަމާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ ޗައިލްޑް ރައިޓްސް އެމްބެސެޑަރުކަން މިހާރުވެސް ކުރައްވަމުން މުހައްމަދު ޝިހާބު މީގެ ކުރިންވަނީ ދަމާސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމު ވެސް ފުރުއްވާފަ އެވެ.
މުޙައްމަދު ޝިހާބަކީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަޤާމާއި، މަޖީދިއްޔާ ސްކޫލްގެ އެސިސްޓަންޓް ޕްރިންސިޕަލްގެ މަޤާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
Badget eh netho, adives hama bahanee. MDP #agenda19 asluves thafaathu vaane. Mieeves boduvegenvaa khiyaanaaiy. RIMS tharikaeh tho Dhaulathuge mudhalakee? #Boahalaaku #Stoptheft