ޖަރުމަނަށް ކުރަމުންދާ ވިއްސާރައިގަ 19 މީހުން މަރުވެ، އެތައް ބަޔަކު ގެއްލިއްޖެ

ޖަރުމަނުވިލާތުގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގަ މިހާތަނަށް 19 މީހަކު މަރުވެ އެތައް ބަޔަކު ގެއްލިޖެ ކަމަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފި އެވެ.

19 މީހުން މަރުވެެފައިވަނީ ޖަރުމަނުގެ އުތުރެ ދެ ސްޓޭޓަކުންނެވެ. އެކި ސަރަހައްދުތަކުން މިހާތަނަށް ގެއްލިފައިވާ މީހުންގެ އަދަދ ު70 އަށްވުރެ އިތުރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިޝްތިހާރު Below Header ad

އެމީހުން މަރުވެ ގެއްލެން މެދުވެރިވީ ވޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން ފަރުބަދަތަކުން ކިސަޑު ފޭބުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި އާންމުން ދިރިއުޅޭ ގެދޮރު ވެއްޓެން ފެށުމުންނެވެ. ބައެއް މީހުން މަރުވެފައިވަނީ ގޭތެރެއިން ނުކުމެވޭނެ ގޮތެއް ނެތި ގަރާޖުތަކުގައި ނުވަތަ ބޭސްމެންޓްތަކުގައި ތާށިވެގެންނެވެ.

ވިއްސާރައިގެ ސަބަބުން ބައެއް ވިލެޖުތަކުގައި ދިރިއުޅޭ އެތައް ހާސް ބަޔަކު ދަނީ ރައްކާތެރި ހިސާބުތަކަށް ގެންދަމުންނެވެ. އަދި ބައެއް ސިޓީތަކުން ކަރަންޓާއި ފެނުގެ އިތުރުން މުއާސަލާތީ ހިދުމަތް ވަނީ މެދުކެނޑިފަ އެވެ.

މީގެ ތެރެއިން ސިޓީއެއްގެ ހޮސްޕިޓަލްގައި ކުއްލި ހާލަތުގައި ކަރަންޓު ދެވޭނެ ގޮތެއް ނެތިގެން އެޑްމިޓްކޮށްފައި ތިބި 400 އަށްވުރެ ގިނަ މީހުން އެހެން ހޮސްޕިޓަލްތަކަށް ބަދަލު ކޮށްފައިވެ އެވެ.

ޖަރުމަނުގެ މޫސުމާއި ބެހޭ އިދާރާއިން ލަފާ ކޮށްފައިވާ ގޮތުގައި މާދަމާގެ ނިޔަލަށް އެ ގައުމުގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި މޫސުން އިތުރަށް ގޯސްވާނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.