ކުރިޔައް އޮތް ފަސް ގަޑިއިރަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފި.

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު މޫސުން ގޯސް ވާނެކަމަށާއި އެހެން ކަމުން ކުރިއަށް އޮތް ފަސް ގަޑިއިރަށް ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށް ރާއްޖޭގެ ގައުމީ މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފިއެވެ.

ކުރިޔައް އޮތް ފަސްގަޑިއިރަށް ވައިޓް އެލާޓް ނެރެފައިވަނީ ށ.އަތޮޅާއި މ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިއަދު ހެނދުނު 8:15  އިން ފެށިގެން މެންދުރު ފަހު 14:15އާއި ހަމައަށް ވައިޓް އެލާޓް ނެރެފައިވާއިރު މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާކަމަށެވެ.

އެގޮތުން ހުޅަނގުދެކުނާއި ހުޅަނގުން މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި، އަދި އެހެންހިސާބުތަކަށް ގަޑިއަކު 7 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

އަދި ވިލާގަނޑުގައި ގަނޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަަމަށް ލަފާ ކުރެވޭ ކަމަށާއި އެހެން ކަމުން ކަނޑުދަތުރު ފަތުރުކުރައްވާ ފަރާތް ތަކަށް މޫސުމަށް ސަމާލުވުމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.