ކުރިޔަށް އޮތް ސަރުކާރު ބަންދު ދުވަސްތަކުގައި ބީއެމްއެލް އިން ޚިދުމަތް ދޭނީ 21 އަދި 27 ގަ!

ކުރިއަށް އޮތް ސަރުކާރު ބަންދު ދުވަސްތަކުގެ ތެރޭގައި ބީއެމްއެލް އިން ޚިދުމަތް ދިނުމަށް ނިންމާފައިވަނީ ދެ ދުވަހު ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ މިގޮތަށް ނިންމީ އެމްއެމްއޭއިން އަންގާފައިވާ ގޮތުގެ މަތިން ކަމަށެވެ. އަދި އެ ބޭންކުގެ ޚިދުމަތް ލިބޭނީ މި ޖުލައި މަހުގެ 21 ވަނަ ދުވަހާއި 27 ވަނަ ދުވަހު އެކަނި ކަމަށެވެ.

އިޝްތިހާރު Below Header ad

މިދުވަސްތަކުގައި ބޭންކުގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރުތައް ހެނދުނު 8:30 ން ފެށިގެން މެންދުރުފަހު 2:00 އަށް ހުޅުވާފައި ހުންނާނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.

ހިދުމަތްތަކަށް ކަނޑައެޅިފައިވާ ސުންގަޑިތައް:

  • ހެނދުނު 11.00ގެ ކުރިން ލިބޭ ރިކުއެސްޓް އަދި ޗެކްތައް އެ ދުވަހު ޕްރޮސެސް ކުރެވޭނެ. ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން
  • އެހެނިހެން ބޭންކުތަކުގެ ޗެކް ޕްރޮސެސް ކުރުން: ހެނދުނު 12.00 ގެ ކުރިން ލިބޭ ރިކުއެސްޓް އަދި ޗެކްތައް އެދުވަހު ޕްރޮސެސް ކުރެވޭނެ.
  • ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން.
  • ލޯކަލް ބޭންކް ޓްރާންސްފާ.
  • ޕޭ ރޯލް (މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުން) ޚިދުމަތް

ބީއެމްއެލްއިން ބުނީ އެދުވަސްތަކުގައި ބޭންކު ހުޅުވާ ވަގުތުތަކުގެ ފަހުން ލިބޭ ރިކުއެސްޓް ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވަނީ ދެން ބޭންކު ހުޅުވޭ ދުވަހު ކަމަށެވެ.

އޮންލައިން ޓޯކަން

ބޭންކުގެ ހިދުމަތްތައް ހޯއްދެއްވުމަށް ކަސްޓަމަރުންނަށް ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއަށް އެދެވޭނެ އެވެ. އަދި ކިއުބީ އެޕް މެދުވެރިކޮށް ކިއުގައި ތިބި ކަސްޓަމަރުންގެ އަދަދު ބްރާންޗަށް އައުމުގެ ކުރިން އޮންލައިންކޮށް ބަލާލެވޭނެ އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކުގައި ހެނދުނު 8.00 އިން މެންދުރު 12:00 އަށް އެޕް މެދުވެރިކޮށް ޓޯކަން ލިބޭނެ އެވެ.

އެޕޮއިންޓްމަންޓް މެދުވެރިކޮށް ދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތައް

އެކައުންޓް އޯޕަނިން ސެންޓަރު، ލޯން ސެންޓަރު އަދި ބިޒްނަސް ސެންޓަ މެދުވެރިކޮށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. ކަސްޓަމަރުންނަށް ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/book-appointment މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދުމަށް އެދި ހުށަހެޅޭނެ އެވެ.

އެހެނިހެން ޚިދުމަތްތައް

ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް ކަސްޓަަރުންނަށް ބަންދު ދުވަސްތަކުގައި ވެސް 24 ގަޑިއިރު ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ފައިސާ ފޮނުވުގެ ޚިދުމަތް ލިބޭނެ އެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓުން މެދުވެރިކޮށް ބަންދު ދުވަސްތަކުގައި ވެސް ކަސްޓަމަރުންނަށް ބޭންކިން ހިދުމަތް ލިބޭނެ އެވެ.

ބޭންކުން ކަސްޓަމަރުންގެ ކިބައިން އެދެނީ މި ދަނޑިވަޅުގައި ގޭގައި ތިބެގެން ބީއެމްއެލް އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕް މެދުވެރިކޮށް ބޭންކިން ހިދުމަތްތައް ހޯދުމަމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.