ޚަބަރު ފީތާ

ހިޔާ ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް، ތަޅުދަނޑި ހަވާލުކުރަން ފަށައިފި

ހިޔާ ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް، ތަޅުދަނޑި ހަވާލުކުރަން ފަށައިފި އެވެ.

ހުޅުމާލެ ފޭސް ދޭއްގައި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފުލެޓުތަކަށް ހޮވިފައިވާ ފަރާތްތަކާއިއެކު މިއަދު ސޮއިކުރުމަށް ހަމަޖެހިފައިވަނީ ޓަވަރު-9 އިން ފުލެޓު ލިބިފައިވާ 118 ފަރާތަކާއެކުގަ އެވެ.

އެ ފަރާތްތަކުގެ ލިސްޓު އެޗްޑީސީން މިހާރުވަނީ އާންމުކޮށްފަ އެވެ.

އެޗްޑީސީ އިން ބުނީ އެއްބަސްވުމުގައި ސޮއި ކުރުމަށް ތާވަލު ކުރެވިފައިވަނީ އެއްބަސްވުން ތައްޔާރުކުރަން ކޮންމެހެން ބޭނުންވާ މައުލޫމާތު ފޯމާއި، ފުލެޓުގެ ވެރިފަރާތުގެ ބަދަލުގައި އެއްބަސްވުމުގެ ޒިންމާ އަދާކުރާނެ ފަރާތް ހަމަޖެއްސުން ފުރިހަމަކޮށް، ހުށަހަޅާފައިވާ ފަރާތްތަކަށް ކަަމަށެވެ.

ސޮއި ކުރުމުގެ ކަންތައްތައް ފަސޭހަކޮށް ކުރިއަށް ގެންދިއުމުގެ ގޮތުން ލިސްޓްގައިވާ ގޮތަށް އެފަރާތަކަށް ކަނޑައެޅިފައިވާ ވަގުތަށް ހާޒިރުވުމަށް ސަމާލުކަން ދިނުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

އެގޮތުން ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރާ ފަރާތުގެ އިތުރުން ހެކިވެރިއަކު ގެންނަންޖެހޭނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ. އަދި ވެރިފަރާތުގެ ބަދަލުގައި ސޮއިކުރަން “ޕަވާ އޮފް އެޓަރނީ” އެހެން ފަރާތަކަށް ދެވިފައިވާނަމަ، އެފަރާތުގެ އިތުރުން ހެކިވެރިއަކާއިއެކު ހާޒިރުވާންޖެހޭނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ.

Like
Like Love Haha Wow Sad Angry
1