ރާޖްގެ ކުއްލި ވަކިވުމުން މަންދިރާގެ ހިތް ކުދިކުދިވެފައި!

އިންޑިއާގެ ބަތަލާ މަންދިރާ ބޭދީގެ ފިރިމީހާ ރާޖް ކައުޝަލަށް ހާޓް އެޓޭކެއް ޖެހިގެން ކުއްލިއަކަށް މަރުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

ރާޖްގެ ކުއްލިވަކިވުން އާއިލާ އާއި ބޮލީވުޑަށް ވީ ސިހުން ގެނުވި ކަމަށެވެ. އެކަމަކު އެ ދުވަހު މަންދިރާ ވަނީ އޭނާ އަކީ ހިތްވަރުގަދަ އަންހެނެއްކަން ރާޖްގެ ޖަނާޒާގައި ސާބިތު ކޮށްދީފައި އެވެ.

އިޝްތިހާރު Below Header ad

އޭގެ ފަހުން ސޯޝަލް މީޑިއާގައި މާ ހަރަކާތްތެރިކޮށް މަންދިރާ ނުފެނި ހުރުމަށް ފަހު އިއްޔެ ވަނީ އޭނާގެ ސަޕޯޓަރުން ހިތް ކުދިކުދިކޮށްލާވަރުގެ ޕޯސްޓެއް ކޮށްފައި އެވެ. އިންސްޓަގްރާމްގައި މަންދިރާ ރާޖްގެ ނަން ޖަހައި ތިކިތަކެއް ޖެހުމަށް ފަހު ބުނެފައިވަނީ ރާޖީ މަތިން ވަރަށް ހަނދާން ވާ ކަމަށެވެ.

އަދި ފަޅިފަޅިވެފައިވާ ހިތް އިމޯޖީ އެއް ޖަހާފައިވެ އެވެ. އެ ޕޯސްޓުން މަންދިރާގެ ދިރިއުޅުން ރާޖް އާއި ނުލައި އެކަނިވެރިވަރާއި އޭނާގެ ހިތް ކުދިކުދިވެފައިވާ ވަރު ބުނެދޭ ކަމަށެވެ.

ރާޖް އަކީ ފިލްމު ޑައިރެކްޓަކެވެ.

މަންދިރާ އާއި ރާޖް ކައިވެނި ކުރީ 1999 ވަނަ އަހަރު އެވެ. އެ ދެމީހުންގެ ކައިވެންޏަށް 2011 ވަނަ އަހަރު ފިރިހެން ކުއްޖަކު ލިބިފައިވެ އެވެ. އަދި މިދިޔަ އަހަރު އެ ދެމަފިރިން ވަނީ އަންހެން ކުއްޖަކު އެޑޮޕްޓް ކޮށްފައި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.