
ޗެކް ރިޕަބްލިކުން ރާއްޖެއަށް ކަނޑައަޅުއްވާ އޮނަނަރީ ކޮންސުލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި
ޗެކް ރިޕަބްލިކުން ރާއްޖެއަށް ކަނޑައަޅުއްވާ އޮނަނަރީ ކޮންސުލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
މި މަގާމަށް އައްޔަން ކުރައްވާފައި ވަނީ ވިޔަފާރިވެރިޔާ މަދީހު ޖަމާލް އެވެ.
ޗެކް ރިޕަބްލިކްގެ ސަރުކާރުގެ ފަރާތުން އެމަގާމަށް އައްޔަން ކޮށްފައިވާ މަދީހު، އެ މަގާމާ ހަވާލުވުމަށް ފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާ ވަނީ ބައްދަލު ކުރައްވާފަ އެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ ޗެކް ރިޕަބްލިކަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރެއިން ފާހަގަކޮށްލެވޭ މާކެޓެއް ކަމަށެވެ. އަދި ޓޫރިޒަމް އާއި ވިޔަފާރި ދާއިރާގައި ދެ ގައުމު ގުޅުން އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.
Congratulations to Mr. Madeeh Jamal newly appointed Honorary Consul of #Czechia. 🇨🇿 is a major contributor to our tourism sector – one of the top ten tourist markets in the Maldives. Looking forward to closer relations in tourism, & strengthening trade & investment between 🇨🇿🇲🇻 pic.twitter.com/ZsbN7tq2uP
— Abdulla Shahid (@abdulla_shahid) July 13, 2021
ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލްގެ ކޮއްކޮ، މަދީހު އަކީ ޓޫރިޒަމް ދާއިރާގައި ވެސް ހަރަކާތްތެރިވާ ބޭފުޅެކެވެ. އަދި ވިޔަފާރީ ”ޕްރިންޓް ލެބް“ ގެ ވެރިޔާ ވެސް މެއެވެ.