ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ އެންމެންނަށް އިސްރާއީލުން ކޮވިޑް ވެކްސިންގެ ތިން ވަނަ ޑޯޒު ދެނީ

ދިފާއީ ނިޒާމު ބަލިކަށި ކޮންމެ މީހަކަށް ކޮވިޑް-19 ވެކްސިންގެ ތިން ވަނަ ޑޯޒު ޖަހާ ގޮތަށް އިސްރާއީލުން ހަމަޖައްސައިފި އެވެ.

އިސްާއީލްގައި ރައްޔިތުންނަށް ދެމުން ދަނީ ފައިޒާ ވެކްސިންނެވެ.

އިޝްތިހާރު Below Header ad

އެ ގައުމުގެ ހެލްތް މިނިސްޓްރީން ވަކި ބަލިތަކެއް ޖެހިފައިވާ މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވިޔަސް ބޭނުން ނަމަ ތިން ވަނަ ޑޯޒު ޖެހުމުގެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އެ ބަލިތަކުގެ ތެރޭގައި ހިމެނެނީ ފުއްޕާމޭގެ ބަލި، ކެންސަރު، ހިތުގެ ބަލި، ކިޑްނީގެ ބަލިތައް ހުންނަ މީހުންނާއި ދިފާއީ ނިޒާމާއި ގުޅޭ ހުރިހާ ބަލިތަކަށް ބޭސްފަރުވާ ކުރާ މީހުންނެވެ.

އިސްރާއީލް ހެލްތް މިނިސްޓްރީން ބުނީ މިގޮތަށް ނިންމީ މިފަހަކަށް އައިސް ކޮވިޑަށް ޕޮސިޓިވްވާ މީހުންގެ ރޭޓު އެ ގައުމުގައި އިތުރުވަމުންދާތީ އެވެ. އިސްރާއީލްގައި މިހާރު ބަލި ފެތުރެމުންދާ ހަލުވި މިނަށް ބަލާއިރު ވެކްސިންގެ ތިން ވަނަ ޑޯޒެއް ދޭން ފެށުމަކީ މިހާރު ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ސަރުކާރުން ގަބޫލު ކުރެ އެވެ.

ތިން ވަނަ ޑޮޒު ދޭން ފަށާފައިވާ ގައުމުތަކުގައި ދެ ޑޯޒު ހަމަކޮށްފައިވާ މީހުންނަށް އެހެން ވެކްސިނެއް ދިން ނަމަވެސް އިސްރާއީލުން ތިން ވަނަ ޑޯޒުގެ ގޮތުގައިވެސް ދޭނީ ފައިޒާ ވެކްސިނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.