އިންޑިޔާގައި އެންމެ ފުރަތަމަ ކޮވިޑް ޖެހުނު މީހާ އަނެއްކާވެސް ކޮވިޑަށް ފައްސި

އިންޑިޔާގައި އެންމެ ފުރަތަމަ ކޮވިޑް ޖެހުނު މީހާ އަނެއްކާވެސް ކޮވިޑަށް ފައްސިވެއްޖެއެވެ.

އޮފިޝަލުންނާއި ހަވާލާދީ ބޭރު މީޑިއާއެއްގައި ހާމަކޮށްފައިވާ ގޮތުގައި، އިންޑިޔާގައި އެންމެ ފުރަތަމަ ކޮވިޑަށް ފައްސި ވެފައިވަނީ، ފާއިތުވި އަހަރު ޖެނުއަރީގައި ޗައިނާއިން ކެރަލާއަށް އައި 20 އަހަރުގެ އަންހެން ކުއްޖެކެވެ. ކެރަލާގެ ތްރިސޫރް ކޮލެޖްގައި މިހާރު ޑޮކްޓަރުކަން ކިޔަވަމުންދާ މިޒުވާނާ ދެވަނަ ފަހަރަށް ކޮވިޑަށް ފައްސިވިކަން އެނގިފައި މިވަނީ، ދާދި ފަހުން އިންޑިޔާގެ ވެރިރަށް ނިއު ދިއްލީއަށް ދަތުރު ކުރުމަށް ފްލައިޓަށް އެރުމަށް ޓަކައި ޕީސީއާރް ޓެސްޓެއް ހެދުމުންނެވެ.

އިޝްތިހާރު Below Header ad

ތްރިސޫތް ޑިސްޓްރިކްޓްގެ މީޑިއާ އޮފިސަރ ޑރ. ކޭ.ޖޭ. ރީނާ ބުނެފައި ވަނީ، މިހާތަނަށް އެކުއްޖާގެ އާއިލާގެ އެއްވެސް މެމްބަރަކު ފައްސި ވެފައި ނުވާ ކަމަށެވެ. އަދި އެއްފަހަރު ކޮވިޑް ޖެހިފައި ތިބި މީހުންނަށް ދެވަނަ ފަހަރަކުވެސް ކޮވިޑް ޖެހުމަކީ ވެދާނެ ކަމެއް ކަމަށާއި، ސިއްޙީ ހިދުމަތްތެރިންގެ ތެރޭގައިވެސް އެއީ އައު ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ.

ކޮވިޑް ޖެހުނު މިއަންހެން ކުއްޖާ ވެކްސިން ޖަހާފައި ނުވާކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.