ރީކޯ މޫސަގެ ނަސޭހަތް: ލުއިތަކާއެކު ސަމާލު ނުވެއްޖެނަމަ އިތުރަށް ކޮވިޑް ފެތުރިގަންނާނެ!
އެޗްޕީއޭ އިން ދެއްވި ލުއިތަކާއެކު ސަމާލު ނުވެއްޖެނަމަ ޗުއްޓީ ނިމުމުގެކުރިން އިތުރަށް ކޮވިޑްފެތުރިގަންނާނެ ކަމަށް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސިއްޙީ ދާއިރާގެ އެއްމެހާ އެހީތެރިންނާ އެމީހުންވެސް ޢާއިލާތަކާއެކު އުޅެލުމަށް އަޅުގަނޑުމެނަށް ދެވެންއޮތް އެހީތެރިކަމަކީ އިތުރަށް ކޮވިޑްފެތުރުނަ ނުދިނުން ކަމަށެވެ.
އެއޗް ޕީއޭ ދެއްވި ލުއިތަކާއެކު ސަމާލު ނުވެއްޖެނަމަ ޗުއްޓީ ނިމުމުގެ ކުރިން އިތުރަށްކޮވިޑްފެތުރިގަންނާނެ ސިއޙީ ދާއިރާގެ އެއްމެހާ އެހީތެރިންނާއެމީހުންވެސް ޢާއިލާތަކާއެކު އުޅެލުމަށް އަޅުގަނޑުމެނަށްދެވެންއޮތްއެހީތެރިކަމަކީ އިތުރަށް ކޮވިޑްފެތުރުނަނުދިނުން
— Moosa Maniku (Reeko) (@ReekoMoosa) July 12, 2021
އޭނާ މިހެން ވިދާޅުވެފައިވާ އިރު، މި ދުވަސްވަރަކީ ސްކޫލު ބަންދު ދުވަސްވަރަކަށް ވެފައި، އަދި ކުރިއަށް އޮތީ އަމްހާ ޢީދުގެ ބަންދު ދުވަސްތައް ކަމަށް ވާތީ، ގިނަ ބަޔަކު އަންނަނީ އަތޮޅުތަކަށް ފުރަމުން ނެވެ.
ފާއިތުވި ދޮޅު އަހަރެއްހާ ދުވަސްހު ކޮވިޑުގެ ބަލިމަޑުކަމުގައި މުޅި ރާއްޖެ އޮތުމަށް ފަހު، މި ދުވަސްވަރު ރާއްޖެއިން ކޮވިޑު ކޭސް ފެންމަ އަދަދު ވަނީ ވަރަށްބޮޑުތަން ދަށަށް ގޮސްފަ އެވެ.
ކޭސްތައް ދަށަށް ދާން ފެށުމާއެކު އެޗްޕީއޭ އިން ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއި ދީފަ އެވެ. އަދި މި ލުއިތަކާއެކު ކުރިއަށް އޮތް ބޮޑު ޢީދު ބަންދުގައި ވެސް ރައްކާތެރިވުމަށް ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
✳️ އީދު ބަންދާއި ޗުއްޓީގައި ދަތުރުކުރުމާއި އެކި އެކި ޙަރަކާތްތައް ކުރިއަށް ގެންދިއުމުގައި ކޯވިޑް-19 އިން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަންދިނުން:https://t.co/zNDcN9YYxB
— Health Protection Agency (@HPA_MV) July 11, 2021