ތައިލެންޑުގައި ކޯވިޑް ވެކްސިންގެ ދެ ޑޯޒު އެއް ވައްތަރަކުން ނުދޭން ނިންމައިފި

ތައިލެންޑުގައި ޓޫރިޒަމަށް ދޭން ފެށި ލުއިތަކާއި އެކު ކޯވިޑް ކޭސްތައް އިތުރުވާން ފެށުމުން ވެކްސިން ޑޯޒުތައް ދޭ އުސޫލަށް ބަދަލު ގެންނަން ނިންމައިފި އެވެ.

ތައިލެންޑްގެ ހެލްތް މިނިސްޓްރީން ބުނީ މިހާރު ކޯވިޑް ޖެހެމުންދާ މީހުންގެ ތެރޭގައި އެގައުމުގައި ސިނޮވެކްގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހުން ގިނަ ކަމަށެވެ. އަދި ދެ ޑޯޒު ޖަހާފައިވާ ސިއްހީ ހިދުމްތެރިންނަށް ކޯވިޑްޖެހުން އިތުރުވެފައިވާތީ އިތުރު ފިޔަވަޅެއް އަޅްން ޖެހޭ ކަމަށް ބުނެ އެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

އެ ގައުމުން ބުނީ މީގެ ފަހުން ކޯވިޑް ވެކްސިންގެ ގޮތުގައި އާންމުންނަށް ދެމުންދާނީ ފުރަތަމަ ޑޯޒުގެ ގޮތުގައި ސިނޮވެކް އަދި ދެ ވަނަ ޑޯޒުގެ ގޮތުގައި އެސްޓްރަޒެނިކާ ވެކްސިން ކަމަށެވެ. އަދި މިހާރު ވެކްސިން ފުރިހަމަ ކޮށްފައި ތިބި ސިއްހީ ހިދުމަތްތެރިންނަށް ތިން ވަނަ ޑޯޒުގެ ގޮތުގައި ފައިޒާ ވެކްސިން ނުވަތަ އެސްޓްރަޒެނިކާ ވެކްސިން ދޭން ނިންމާފައިވާ ކަަމަށެވެ.

ވެކްސިން ދެމުންދާ އުސޫލަށް ބަދަލުގެންނަން ނިންމީ އެކި ވެކްސިން ތަކުން ލިބިދޭ ފައިދާތައް ތަފާތު ކަމުން ކޯވިޑުން ރައްކާތެރިވުމަށް އެއީ ހައްލެއް ކަމަށް ވެދާނެ ކަމަށް ބަލައި ދިރާސާ ކުރުމަށް ފަހު ކަމަށް ބުނެފައިވެ އެވެ. އަދި އެއް ވައްތަރެއްގެ ވެކްސިންގެ ދެ ޑޯޒު ދިނުމަކުން ރައްކާތެރިކަން އިތުރުވާ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށް ބުނެފައިވެ އެވެ،

ވެކްސިން ދޭ އުސޫލަށް ބަދަލު ގެންނަން ނިންމި އިރު މިވަގުތު އެގައުމުގައި ލިބެން ހުރީ އެސްޓްރަޒެނިކާ ވެކްސިން އެކަންޏެވެ. އެމެރިކާއިން ތައިލެންޑަށް ހަދިޔާ ކުރާ ފައިޒާ ވެކްސިން ވަރަށް އަވަހަށް އެ ގައުމަށް ފޯރާނެ ކަމަށްވެ އެވެ.

ތައިލެންޑުން މިހާރު ކޮންމެ ދުވަހަކުު ރެކޯޑު އަދަދަކަށް މީހުންނަށް ކޯވިޑް ޖެހެ އެވެ. އެގޮތުން އިއްޔެ އެކަނި 9،418 މީހުން ޕޮސިޓިވްވި އިރު 91 މީހުން އިއްޔެ މަރުވެފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.