އަލީ ހުސައިން އާއި ހުސްނުއްސުޢޫދު ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީގޮތުން މަނާކޮށްފި

މަޝްހޫރު ޤާނޫނީ ވަކީލު ހުސްނުއްސުޢޫދާއި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީގޮތުން މަނާކޮށްފިއެވެ.

ހުސްނުއްސުޢޫދާއި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ސަސްޕެންޑްކުރުމަށްފަހު މިއަދު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވީ މި ދެބޭފުޅުން  ކޯޓުތަކުގެ ހުރުމަތް ކަނޑަމުންދާމައްސަލަބަލައި ވަކިގޮތެއް ނިމެންދެން ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީ ގޮތުން މަނާކުރުމަށް ސުޕްރީމް ކޯޓުން މިއަދު ނިންމާފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

އެ ޑިޕާޓްމަންޓުން ވިދާޅުވީ މި ދެބޭފުޅުންނަށް މިފިޔަވަޅު އަޅާފައިމިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާއިދު އާއި ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމުގެ ޤަވާއިދު އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާއިދުގެ ދަށުންކަމަށެވެ.
ހުސްނުއްސުޢޫދާއި މެންބަރު އަލީ ހުސައިން އާމެދު ސުޕްރީމް ކޯޓުން ފިޔަވަޅު އަޅާފައިވާއިރު ސްޕްރީމް ކޯޓުން ގާނޫނީ ވަކީލަކަށް ވިޔަސް ކޯޓުތަކުގެ ހުރަމަތް ކެނޑޭފަދަ އަމަލުތައް ކުރާނަމަ އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ބުނުމައްފަހުގައެވެ.

ސުޕްރީމް ކޯޓުން މިއަދު ވަނީ ކޯޓުތަކުގެ ހުރުމަތް ކެނޑޭފަދަ އަމަލުތައް ކުރާ ވަކީލުންގެ ހުއްދަ ދާއިމީކޮށް ނުވަތަ ވަކިމުއްދަތަކަށް ބާތިލްކުރާނެ ކަމަށްވެސް ބުނެފަ އެވެ.  މިކަން އަންގާފައިވަނީ ސްޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.