ޚަބަރު ފީތާ

އިންޑިއާގައި ވިއެހުމަށް ފަހު ދަރިފުޅު ދިރިހުއްޓަ އަންދާލަން އުޅެނިކޮށް ސަލާމަތް ކޮށްފި

އިންޑިއާގެ ބިހާރުގެ އަވަށެއްގައި އަންހެނަކު ވިހެއުމަށް ފަހު ދަރިފުޅު އަންދާލަން އުޅެނިކޮށް ސަލާމަތް ކޮށްފި އެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި އެވެ. އެމީހާ އަންދާލަން މަސައްކަތް ކޮށްފައިވަނީ އޭނާ ބަނޑުއަޅައި ވިހޭ އަންހެން ކުއްޖެކެވެ.

އެ އަވަށުގެ މީހުން ބުނެފައިވަނީ އެކަން އެމީހުންގެ ސަމާލުކަމަށް އައީ އަނދިރި ދިމާލަކުން ތުއްތު ކުއްޖަކު ރޯއަޑު އިވޭ އަޑު ގަދަވުމުން ގޮސް ބެލުމުން ކަމަށެވެ.

އެކުއްޖާ ގައިގަ މާބޮޑަށް އަލިފާން ނުހިފަނީސް އަވަށު މީހުން ވަނީ ކުއްޖާ ސަލާމަތް ކޮށް ފުލުހުންނަށް ގުޅައި ކުއްޖާ ހަވާލު ކޮށްފައި އެވެ. އަދި ފުލުހުން ވަނީ އެ އަންހެން މީހާ ހައްޔަރު ކޮށްފައި އެވެ.

އެ ކުއްޖާ އަންދާލަން އަންހެން މީހާ އުޅުނީ އެއީ އަންހެން ކުއްޖަކަށް ވުމުންނެވެ. އަދި ކުއްޖާ އަންދާލަން އުޅެފައިވަނީ ވިހޭތާ ހަތް ދުވަސް ވީފަހުން ކަމަށް ބުނެ އެވެ.

ފުލުހުން ބުނީ އެ ކުއްޖާ ސަރުކާރު ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާ ދެމުން ދާކަމަށާއި މިހާރު ކުއްޖާގެ ފުރާނަ ސަލާމަތް ކުރެވިފައިވާއިރު ހާޅު ރަނގަޅުވަމުން އަންނަ ކަމަށެވެ.

މި ފަހުން އިންޑިއާގެ އަވަށެއްގައި އަންހެނަކު ވަނީ އޭނާ ވިހޭ އަންހެން ކުއްޖަކު ހަ ދުވަސް ފަހުން ޖަންގްޝަން ވަޅުގަނޑަކަށް ލާ މަރާލާފައި އެވެ. އަދި މިދިޔަ މަހުގެ ތެރޭގައި ވަނީ ކުޑަ އަންހެން ކުއްޖަކު ފޮއްޓަކަށް ލައި ބޭނުން ނުވެގެން ގަންގާ ކޯރަށް އެއްލާލާފައި އެވެ.

ޖަންގްޝަން ވަޅަށް ލީ ކުއްޖާ ސަލާމަތް ނުކުރެވުނަސް އަންދާލަން އުޅުނު ކުއްޖާ އާއި ގަންގާ ކޯރުން ފެނުނު ފޮށިން ނެގި ކުއްޖާގެ ފުރާނަ ސަލާމަތްވަނީ ކޮށްފައި އެވެ. އަދި އެ ކުދިން ދެން ގެންދާނީ ކުޑަކުދިން ބަލަހައްޓާ ގެތަކަށެވެ.

Like
Like Love Haha Wow Sad Angry

ޚިޔާލު 1 on "އިންޑިއާގައި ވިއެހުމަށް ފަހު ދަރިފުޅު ދިރިހުއްޓަ އަންދާލަން އުޅެނިކޮށް ސަލާމަތް ކޮށްފި"

  1. Indiyaa meehunnakee nulafaa nubaibaeh eyahoodheenaa gulhigen miraahje halaakukohlaifi maaheyo edheybayakah vegenulhey nulafaajaahilu baeh

Comments are closed.

%d bloggers like this: