ދީފައިވާ ލުއިތަކާއެކު ޚިދުމަތް ދިނުމާއި ފޯރުކޮށްދިނުމުގައި ސަމާލުވޭ: އެޗްޕީއޭ
ޢީދު ބަންދާއި ޗުއްޓީގައި އުޅޭ އިރު، ރައްކާތެރިކަމުގެ ފިޔަވަޅުތަަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.
އެޗްޕީއޭ އިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ކޯވިޑް-19 ފެތުރުމުގެ ޙާލަތު ރަގަޅުވަމުން ދިއުމާގުޅިގެން ލުއިތައް ދެވިފައިވާ މި ދަނޑިވަޅުގައި އާންމު ދިރިއުޅުމުގައާއި އެކި އެކި ޚިދުމަތްތައް ހޯދުމާއި ފޯރުކޮށްދިނުމުގައި ސަމާލުކަން ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ދަތުރު ފަތުރުކުރުމުގައި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދެއްވުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.
ޚާއްޞަ ގޮތެއްގައި ޗުއްޓީ ހޭދަކުރެއްވުމަށް ތަންތަނަށް ދަތުރުކުރެއްވުމުގައާއި އީދުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެ އިޢުލާނުގައި ވަނީ އެދިފަ އެވެ.
މިގޮތުން އެންމެންގެ ރައްކާތެރިކަމަށްޓަކައި އަންނަނިވި ފިޔަވަޅުތައް އެޅުއްވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އެޗްޕީއޭ އިން ބުނީ ވައިގެ މަގުންނާއި ކަނޑުމަގުން ދަތުރުކުރާ އިރު، ރަނގަޅަށް މާސްކު އަޅާ، ތިމާއާ އެއްކޮށް ދިރިއުޅޭ މީހުން (އެއްބަބްލް މީހުން ފިޔަވައި) ފިޔަވައި އެހެންމީހުންނާ މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުމަށް އެދޭ ކަމަށެވެ.
✳️ އީދު ބަންދާއި ޗުއްޓީގައި ދަތުރުކުރުމާއި އެކި އެކި ޙަރަކާތްތައް ކުރިއަށް ގެންދިއުމުގައި ކޯވިޑް-19 އިން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަންދިނުން:https://t.co/zNDcN9YYxB
— Health Protection Agency (@HPA_MV) July 11, 2021