ހަތަރު ރަށެއްގެ ފެނުގެ ނިޒާމު ފަރުމާ ކުރުމާއި ބީލަމުގެ ލިއެކިއުންތައް ތައްޔާރު ކުރުމަށް ޙަވާލުކޮށްފި

ކްލައިމެޓް ފަންޑުގެ ހިލޭ އެހީގެ ދަށުން 4 ރަށެއްގެ ފެނުގެ ނިޒާމު ފަރުމާ ކުރުމާއި ބީލަމުގެ ލިއެކިއުންތައް ތައްޔާރު ކުރުމަށް ޙަވާލުކޮށްފިއެވެ.

ބ. ދަރަވަންދޫ، ރ. މަޑުއްވަރީ، ށ. ފޯކައިދޫ އަދި ގދ. ނޮޅިވަރަންފަރުގެ ފެނުގެ ނިޒާމު ފަރުމާ ކުރުމާއި ބީލަމުގެ ލިޔުކިއުންތައް ތައްޔާރު ކުރުމަށް ޙަވާލުކުރީ ޝާހް ޓެކްނިކަލް ކޮންސަލްޓެންޓްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އިޝްތިހާރު Below Header ad

މި މަސައްކަތް ޙަވާލު ކުރުމުގެ ފަހުމުނާމައިގާ އެންވަޔަރުމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމެވެ. ޝާހް ޓެކްނިކަލް ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ގޯތަމް މަހާވިރު ޝާހް އެވެ.

އެންވަޔަރްމެންޓް މިނިސްޓްރީން ބުނީ 6 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ޑިޒައިން މަސައްކަތް ނިމުމާއިއެކު ޢަމަލީ މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.