ގދ. ވާދޫގައި ބީއެމްއެލް އިން ސްކޭޓު ޕާކެއް ގާއިމު ކޮށްފި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ގދ. ވާދޫގައި ސްކޭޓް ޕާކެއް ގާއިމްކޮށް ހުޅުވައިފި އެވެ.

މިއަދު ހުޅޫވި މި ޕާކުގައި ސްކޭޓްކުރާނެ ބަޔަކާއި ކުޑަކުދިންނަށް ބައިވެރިވެވޭނެ ގޮތަށް އިޖްތިމާއީ ހަރާކާތްތަކާއި އިވެންޓްތައް ބޭއްވުމަށް ޚާއްސަ ސަރަހައްދެއް ހިމެނެ އެވެ.

އިޝްތިހާރު Below Header ad

މި ޕްރޮޖެކްޓް ގެ އަމާޒަކީ ރަށުގެ ކުޑަކުދިންނާއި ޒުވާނުންނަށް ހުސްވަގުތުގައި އާ ހުނަރެއް ދަސްކޮށްދިނުމާއި އެކުވެރި މާހައުލެއް ގާއިމްކޮށް ހެލިފެލިވެ، އުޅުން އިތުރު ކުރުމަށް ބާރު އެޅުމެވެ.

މި ރަށުގައި ރާޅާއެޅުމަކީ މަޝްހޫރު ކަމަކަށްވާއިރު، މި ރަށުގެ ކުދި ބޮޑު އެންމެންނަށް ވެސް މި ޕާކު ބޭނުންކޮށްގެން ރާޅާއެޅުމުގެ ހުނަރު ދަސްކުރެވޭނެެ އެވެ. އެއީ ސްކޭޓްކުރުމާއި ރާޅާއެޅުމުގައި އެއް ހުނަރުތަކާއި ވިސްނުން ބަހައްޓަންޖެހޭ ކަންކަން އެއްގޮތްވުމުން ނެވެ.

މިއާ އެކު ހުވަދު އޮތޮޅުގައި ފަތުރުވެރިކަން ތަރައްގީވަމުން އަންނަ ހިނދު ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައްވެސް ހުޅުވިގެންދާނެެ އެވެ.

ކޮމިއުނީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި ހުވަދޫ އެސޯސިއޭޝަން ފޯ ޓުއަރިޒަމް (ހެޓް) ގެ ރައީސް އަޙްމަދު ޠާރިޕް މުޙައްމަދު ވިދާޅުވީ މި ސްކޭޓް ޕާކުގެ ސަބަބުން ކުދިންނަށް އިތުރު ހުނަރެއް ދަސްވުން އެއީ އެންމެ މުހިންމު އެއް މަގުސަދު ކަމަށެވެ.

” މި ޕާކާއެކު މުނިފޫހިފިލުވުމާއި ކުޅިވަރުގެ ތެރެއިން ޒުވާނުންގެ މެދުގައި ގުޅުން ބަދަހިވެ، އެކަތިގަނޑަކަށް ވުމުގެ ފުރުސަތު ހުޅުވިގެންދާނެ. މި ފުރުސަތުގައި މި މުޖުތަމައަށް ނުހަނު ބޭނުންތެރި މިފަދަ ޕްރޮޖެކްޓަކަށް އެހީތެރިވެދެއްވި ކަމަށްޓަކައި ބީއެމްއެލް އަށް ޚާއްސަ ޝުކުރެއް ދަންނަވަން.” އަހްމަދު ޠާރިފް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ހެޓްގެ އަމާޒަކީ ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ ފަރާތްތަކާއި ގުޅިގެން ސްކޭޓްކުރުމުގެ ތަމްރީންތައް ދިނުމުގެ އިތުރުން ރައްކާތެރި މާހައުލެއްގައި ތަފާތު ހުނަރު ތަރައްގީ ކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.