ޚަބަރު ފީތާ

ރާހުލް ވެއިދްޔާ އާއި ދިޝާ ޕަރްމަރް މި މަހު 16 ގައި ކައިވެނި ކުރަނީ!

ރާހުލް ވެއިދްޔާ އާއި ދިޝާ ޕަރްމަރް މި މަހު 16 ގައި ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ހާމަކޮށްފި އެވެ.

ރާހުލް ވަނީ އޭނާގެ އިންސްޓަގްރާމުގައި “ހޭޝްޓެގް ދިޝްހުލްވެޑިންގ” ކައިވެނީގެ ދަޢުވަތު ކާޑު ވެސް ޢާންމުކޮށްފަ އެވެ.

މަޝްހޫރު ލަވަ ކިޔުންތެރިޔާ ރާހުލް ވެއިދްޔާ އަކީ ބިގް ބޮސް 14ގެ ރަނަރއަޕް ހޯދާފައިވާ ފަރާތެކެވެ. އަދި ދިޝާއަކީ ޓީވީ ތަރި އެކެވެ.

އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ވެފައިވާ ކަމަށް ޚަބަރުތައް ބުނާ އިރު، ބިގް 14ގެ ގޭގާއި ރާހުލް ވަނީ ކައިވެނި ކުރަން ދިޝާއަށް ޕްރޮޕޯސްވެސް ކޮށްފަ އެވެ.

ކައިވެނި ހަފުލާއަށް ގެންނާނީ ދެ ފަރާތުގެ އާއިލާއާއި ބައެއް ގާތް ރައްޓެހިން ކަމަށް ބުނެފައިވާ އިރު، ދެމީހުންވެސް މިހާރު އުޅެނީ ކައިވެންޏަށް ތައްޔާރުވުމުގައި ބިޒީ ވެގެން ނެވެ.

ރާހުލް އާއި ދިޝާ ދިމާވީ މިޔުޒިކް ވީޑިއޯއެއްގެ ޝޫޓިންގެ ތެރެއިން ނެވެ.

ޓީވީ ތަރި އަދި މޮޑެލް ދިޝާ ވަނީ “ޕިޔާރުކާ ދަރްދުހޭ މީޓާ މީޓާ” އަދި “ވޯ އަޕްނާ ސާ” ފަދަ ސީރީޒްތަކުން ފެނިފަ އެވެ.

Like
Like Love Haha Wow Sad Angry