ކުރިއަށް އޮތް 4 ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ: މެޓް
ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ޖުލައި 7 ވާ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް 4 ދުވަހަށް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
އެ އިދާރާ އިން ބުނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ޢާންމު ގޮތެއްގައި ގަޑިއަކު 15 މޭލައި 25 މޭލާއިދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެފައި ވެއެވެ.
މީގެ އިތުރުން ކަނޑުތައް ގަދަވެ، ރާޅު ބޮޑުވުމުގެ ސަބަބުން ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.
ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ، ޢާންމުކޮށް ހުރަހައި ފަރާތްތަކުން ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފަ އެވެ.
Southwest monsoon is expected to become strong over the Maldives area from Wednesday, 7th July. Widespread rain, occasionally heavy showers, strong winds, and rough seas are expected for the subsequent 4 days. Seafarers are advised to be cautious while venturing into the seas. pic.twitter.com/RAEfF8Ysym
— Maldives Meteorology (@MetMaldives) July 6, 2021