އިންޑިއާގައި ކޮވިޑުން ރަނގަޅުވާ މީހުންގެ ފަރާތުން އިތުރު ބައްޔެއް، މިފަހަރު ހަށިތައް މަރުވަނީ

އިންޑިއާގައި ކޮވިޑް-19ގެ ދެވަނަ ރާޅާއި އެކު ދިމާވެފައިވާ އިތުރު މައްސަލައަކީ ކޮވިޑު ޖެހި ރަނގަޅުވާ މީހުންނަށް އިތުރު ބަލިތައް ޖެހުމެވެ.

އޭގެ ތެރެއިން އެންމެ ބޮޑަށް ފެތުރިގެން ދިޔައީ ފަންގަސްއެއް އުފެދި ލޮލުގެ ފެނުން ގެއްލޭ ބައްޔެވެ. އެބަލި އެންމެ ބޮޑަށް ފެނުނީ މުމްބާއީންނެވެ.

އިޝްތިހާރު Below Header ad

މިފަހަރު އިތުރު ބައްޔެއްގެ ގޮތުން ކޮވިޑުން ރަނގަޅުވާ މީހުންގެ ފަރާތުން ފެންނަމުންދަނީ ކަށިތައް މަރުވާ ބައްޔެވެ. އެ ބައްޔަށް ކިޔަނީ އެވަސްކިއުލާ ނެކްރޯސިސް (އޭވީއެން) އެވެ.

އެ ބަލި ޖެހުމުން ކަށީތައް ގުޅުވައިދޭ ޖޮއިންޓްތަކުގައި ރިއްސައި ހަށިތަކުގެ ހަރަކާތްތައް ހުއްޓެ އެވެ. ނުވަތަ ކަށިތައް މަރުވެ އެވެ. މި ބަލި ޖެހެނީ ކަށިތަކަށް ބޭނުންވާ ވަރަށް ލޭ ދައުރު ނުވުމުން ކަށިތައް މަރުވާން ފެށުމުންނެވެ.

މިގޮތަށް ކަށިތަކުގައި ރިއްސާތި މުމްބާއީގައި ޑޮކްޓަރަށް ދައްކާ މީހުން އިތުރުވަމުން އަންނަކަން މި ފަހުން ވަނީ ފާހަގަވެފައި އެވެ.

މި ބަލި އުޅޭކަން ފާހަގަވެ ދިރާސާތަކެއް ކުރީ މުމްބާއީގެ ޕީޑީ ހިންދުޖާ ހޮސްޕިޓަލް އަދި އެމްއާރުސީ މުމްބާއީންނެވެ. އެމީހުން ދިރާސާ ކުރީ ކޮވިޑުން ރަނގަޅުވެފައިވާ ޑޮކްޓަރަކަށް ކަށީގައި ރިއްސުމާއި ކުއްލިއަކަށް ފައިގެ ބާރުގޮސް ނުހިނގޭގޮތް ވުމުންނެވެ.

އެ ޑޮކްޓަރު ހަށިތަކުގައި ރިއްސާތީ ކަށީގެ އޮޕަރޭޝަން ޑޮކްޓަރަކަށް ދެއްކުމުން ދިން ބޭސްތައް ހަ މަސްވަންދެން ކޭއިރުވެސް ރަނގަޅުވެފައި ނުވާއިރު ކަށިތަކުގައި ރިހޭ ރިހުމާއި ފައިގެ ކަށިތައް ގުޅުވައިދޭ ޖޮއިންޓުތަކުގައި ރިހޭގޮތް ތަފާތުވަމުންދާކަން ފާހަގަ ކުރެވުނު ކަމަށްވެ އެވެ. ފަހުން ކުއްލިއަކަށް ނުހިނގޭގޮތްވި ކަމަށްވެ އެވެ.

އޭވީއެން ޖެހިފައިވާކަން އެނގުނީ އޭގެ ފަހުން ހެދި އެމްއާރުއައި އަކުން ކަމަށް ބުނެފައިވެ އެވެ. އެކަމަކު މިހާރު ސީދާ އެ ބައްޔަށް ފަރުވާ ކުރަން ފެށުމުން ހިނގެން ފެށުމުގެ އިތުރުން މަޑުމަޑުން ސިޑިން އަރާލެވޭ ކަމަށް ބުނެ އެވެ.

މި ބައްޔަށް ކުރިއަށް އޮތް ތިން އަހަރެއްހާ ދުވަހު އެ ޑޮކްޓަރު ފަރުވާ ކުރަން ޖެހެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.