ފިލްމް ސުޕާމޭންގެ އެންމެ ފުރަތަމަ ޑައިރެކްޓަރު ރިޗާޑް މަރުވެއްޖެ

އެންމެ ފުރަތަމަ ފިލްމު ސުޕާމޭން އުފެއްދި ޑައިރެކްޓަރު ރިޗާޑް ޑޯނާ މަރުވެއްޖެ އެވެ.

އޭނާ މަރުވީ އުމުރުން 91 އަހަރުގައި އެވެ. އޭނާ މަރުވިކަން އާއިލާއިން ވަނީ ތަރުޖަމާނު މެދުވެރިކޮށް މީޑިއާގައި ކަށަވަރު ކޮށްދީފައި އެވެ.

އިޝްތިހާރު Below Header ad

ރިޗާޑް ސުޕާމޭން ކެރެކްޓާ ތައާރަފުކޮށް ފިލްމު އުފެއްދީ 1978 ވަނަ އަހަރު އެވެ. އޭނާއަށް ސުޕާމޭން ޑައިރެކްޓު ކުރަން ފުރުސަތު ލިބުނީ 1976 ވަނަ އަހަރު ރިލީޒް ކުރި އޭނާގެ ފުރަތަމަ ޑައިރެކްޝަން ކަމަށްވާ ދަ އޯމެން އަށް ލިބުނު ތަރުހީބުންނެވެ.

އޭނާ ޑައިރެކްޓު ކޮށްފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި 1985 ވަނަ އަހަރު ރިލީޒް ކުރި ފިލްމު ދަ ގޫނީސް އާއި ލީތަލް ވެޕަން ފްރެންޗައިސް ހިމެނެ އެވެ. އަދި އެކްސް މޭން ސީރީޒް އަކީވެސް ރިޗާޑްގެ ކާމިޔާބު ޑައިރެކްޝަންތަކެވެ.

އޭނާ ބޮޑަށް މަޝްހޫރުވެފައިވަނީ ކުޑަކުދިން ގަޔާވާ މުނިފޫހިފިލުވާ ޒާތުގެ ފިލްމު ހަދާ މީހެއްގެ ގޮތުގައި އެވެ.

އެކަމާއި ގުޅޭގޮތުން ބުނެފައިވަނީ އޭނާގެ އަމިއްލަ ދަރިއަކު ނުހުންނަ ކަމަށާއި އޭނާއަށް ލިބިފައިވާ ދަރިންނަކީ އޭނާ އުފައްދާ ކުޑަކުދިންގެ ފިލްމުތައް ބަލައި ސަޕޯޓު ކުރާ ކުޑަކުދިން ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.