ޚަބަރު ފީތާ

ދޫނިދޫ ބަނދަރު ތަރައްޤީ ކުރުމަށް އެއްގަމު ތޮށި ލުމަށް ބޭނުންވާ ޝީޓް ޕައިލް ކުރަން ފަށައިފި

ކ. ދޫނިދޫ ބަނދަރު ތަރައްޤީ ކުރުމާއި ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމު ތޮށި ލުމަށް ބޭނުންވާ ޝީޓް ޕައިލް ކުރުމުގެ މަސައްކަތުގެ 85 ޕަސެންޓް ނިމިއްޖެ އެވެ.

މި މަޝްރޫޢުގެ ދަށުން، 4.61 އޭކަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 3.75 އޭކަރުގެ ސަރަޙައްދެއްގެ ބިން ހިއްކާ، 370 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމަށް ވަނީ ނިންމާފަ އެވެ. އަދި 620 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހާ، 250 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ވެސް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން 250 މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުން ވެސް ހިމެނެ އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 51.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: