ނޯރާ އަމިއްލަ ޕްރޮމޯޝަން ޖައްސަން ހަދައިގެން “ގަނަޕަތް” އިން ލިބުނު ފުރުސަތު ގެއްލިއްޖެ

ބޮލީވުޑްގެ ބަތަލާ ނޯރާ ފަތޭހީއަށް ފިލްމު “ގަނަޕަތް” އިން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.

އެ ފިލްމުގައި ބަތަލާއިންގެ ރޯލަށް ދެމީހަކު ހަމަޖައްސަން ނިންމާފައިވާއިރު އެކަކީ ކްރިތީ ސެނޯން އެވެ. އޭނާގެ އިތުރުން ދެން ހަމަޖައްސާ ބަތަލާ އަކީ ނޯރާ ކަމަށް މީގެ ކުރިން މީޑިއާގައި ރިޕޯޓު ކުރިޔަސް ޕްރޮޑަކްޝަން ޓީމުން އެކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

އިޝްތިހާރު Below Header ad

އެ މައްސަލައިގަ ހިތްހަމަ ނުޖެހިގެން “ގަނަޕަތް” ގެ ޕްރޮޑަކްޝަން ޓީމުން ވަނީ ނޯރާ އެ ފިލްމުން ބޭރު ކޮށްފައިވާކަން އިއްޔެ ހާމަކޮށްފަ އެވެ. އެ ޓީމުން ބުނީ އޭނާ އެ ފިލްމުގައި ބައިވެރި ނުކުރަން ނިންމީ ޓީމުން އެކަން ހާމަ ކުރުމުގެ ކުރިން ނޯރާގެ އަމިއްލަ ޕީއާރު ޓީމުން ވަކިން ޕްރޮމޯޝަން ޖައްސަން ފެށުމުން ކަމަށެވެ.

ނޯރާ ވަނީ ފިލްމުގެ ޕްރޮޑަކްޝަން ޓީމަށް ނޭނގި އޭނާއަށް ފިލްމު ލިބިފައިވާ ކަމަށް ބުނެ މީޑިއާއަށް އެވާހަކަ ލީކުކޮށް އަމިއްލައަށް މަޝްހޫރުވާން ގިނަ މަސައްކަތްތަކެއް ކޮށްފައި އެވެ.

ފިލްމުން އޭނާ ބޭރުކޮށްފައިވާކަން ހާމަކޮށް ޕްރޮޑަކްޝަން ޓީމުން ބުނެފައިވަނީ ދެންވެސް ނޯރާ އެފަދަ އަމަލެއް ނުހިންގުމަށް އެދޭ ކަމަށެވެ.

ނޯރާގެ ބަދަލުގައި މިހާރު “ގަނަޕަތް” ގެ ބަތަލާގެ ރޯލު ކުޅެން ވާހަކަ ދައްކަމުން ދަނީ ކްރިތީގެ ކޮއްކޮ ނޫޕޫރް ސެނޯން އާއި އެވެ. ޓީމުން ބުނީ އޭނާ އެއްބަސް ނުވެއްޖެ ނަމަ އެ ރޯލަށް ނަގާނީ އާ ބަތަލާއެއް ކަމަށެވެ.

އެ ފިލްމުގެ ބަތަލަކީ ޓައިގާ ޝްރޮފް އެވެ. މި ފިލްމުގައި ޓައިގާ ފެނިގެންދާނީ ބޮކްސިން ކުޅޭ މީހެއްގެ ރޯލުންނެވެ.

މި ފިލްމަކީ ވިކާޝް ބާލް ޑައިރެކްޓު ކުރާ ފިލްމެކެވެ. ފިލްމުގެ ފުރަތަމަ ދައްކާލުން މިދިޔަ އަހަރު ދައްކާލާފައިވާއިރު ކޮވިޑާއި ގުޅިގެން ފިލްމުގެ މަސައްކްތައް ލަސްވެފައިވާއިރު ދެން ފިލްމު ރިލީޒް ކުރާނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.