އަމީތާބަށް “ޝޯލޭ” ކުޅެން ލިބުނީ ނަސީބު ގަދަކަމުން!

ބޮލީވުޑްގެ ލެޖެންޑް އަދި މެގަ ސްޓާ އަމީތާބް ބައްޗަންގެ ޗާލާކީ ދުވަސްވަރު ކުޅު މަޝްހޫރު ފިލްމު “ޝޯލޭ” ކުޅެން އޭނާއަށް ފުރުސަތު ލިބުނީ ނަސީބުވަރުގަދަ ކަމުން ކަމަށް އޭރުގެ މަޝްހޫރު ފިލްމީ ބަތަލް ޝަތްރުގަން ސިންގަ ބުނެފި އެވެ.

މިހާރު ސޮނީ ޓީވީން ދައްކާ “އިންޑިއަން އައިޑޮލް12” ގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ވާހަކަ ދައްކަމުން ޝަތްރުގަން ބުނީ އެ ފިލްމު ކުޅެން ފުރަތަމަ ހުށަހެޅީ އޭނާއަށް ކަމަށެވެ. އެ ފިލްމު އަމީތާބަށް ހުށަހެޅި ފިލްމު ނުކުޅެން އޭނާ ދޫކޮށްލުމުން ކަމަށެވެ.

އިޝްތިހާރު Below Header ad

އެ ފިލްމަކީ އޭރުގެ ވަރަށް ސުޕާ ހިޓުވި ފިލްމެއް ކަމުން ފިލްމު ކުޅެން އެއްބަސް ނުވެވުމުން ދެރަވިވަރާއި އެއް ވަރަށް އަމީތާބަށް އެ ފިލްމުން ލިބުނު ކާމިޔާބައި މެދު އުފާވި ކަމަށް ޝަތްރުގަން ބުނެފައިވެ އެވެ.

ޝަތްރުގަން ބުނީ އެ ފިލްމަކީ އަމީތާބު ވިދާލައި ކުރިއަރައިގެންދާން ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ.

ޝަތްރުގަން ބުނީ އޭނާ އެ ފިލްމު ދޫކޮށްލީ ވާހަކަ ކަމު ނުގޮސްގެން ނޫން ކަމަށެވެ. އެ ދުވަސްވަރަކީ އޭނާއަށް ފިލްމުތައް އޮހެމުން ދިޔަ ދުވަސް ވަރެއް ކަމަށާއި “ޝޯލޭ” ދޫކޮށްލަން މަޖުބޫރުވީ އެހެން ފިލްމުތަކެއްގެ މަސައްކަތް ނުނިމި ހުރުމުން އިތުރު ޕްރޮޖެކްޓަކާއި ހަވާލުވެވެން ނެތިގެން ކަމަށެވެ.

1975 ވަނަ އަހަރު ރިލީޒް ކުރި ފިލްމު “ޝޯލޭ” އިން އޭރުގެ ގިނަ މަޝްހޫރު ތަރިންތަކެއް ފެނިގެން ދިޔަ އެވެ.

އޭގެ ތެރޭގައި އަމީތާބުގެ އިތުރުން ދަރުމެންދުރަ، ހެމާ މާލިނީ އަދި ޖަޔާ ބައްޗަންގެ އިތުރުން އަމްޖަދް ހާން އާއި ސަންޖީވް ކުމާރު ހިމެނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.