ޔޫރޯ 2020: ޗެކް ރިޕަބްލިކް ކަޓުވާލާ ޑެންމާކް ސެމީއަށް

ޔޫރޯ 2020 ގެ ކުއާޓާ ފައިނަލުން ޗެކް ރިޕަބްލިކް ކަޓުވާލުމަށްފަހު ސެމީ ފައިނަލަށް ޑެންމާކް ދަތުރުކޮށްފިއެވެ.

އަޒަރުބައިޖާންގެ ބަކޫގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޑެންމާކް ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

މި މެޗު ފަށައިގެން ވެސް ރަނގަޅަށް ކުޅެމުން ދިޔައީ ޑެންމާކުންނެވެ. އެގޮތުން މެޗުގެ ފަސްވަނަ މިނެޓުގައި ޑެންމާކުން ވަނީ ލަނޑުޖަހާ މެޗުގެ ލީޑު ނަގާފައެވެ. ލާސަންގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތޯމަސް ޑެލާނޭއެވެ.  އަދި މެޗުގެ 42 ވަނަ މިނެޓުގައި ކޭސްޕާ ޑޯލްބާގް ވަނީ ހިތްގައިމު ލަނޑެއް ޖަހައި، ޑެންމާކަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ޗެކް ރިޕަބްލިކް އެ ޓީމުގެ އެޓޭކުތައް ވަރުގަދަ ކުރިއިރު، މެޗުގެ 49 ވަނަ މިނެޓުގައި ޗެކް ރިޕަބްލިކުން ވަނީ ލަނޑެއް ޖަހާ ނީޖާގެ ފަރަ ކުޑަަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޕެޓްރިކް ޝީކްއެވެ.

މި ލަނޑާއެކު ޝިކް ވަނީ މި މުބާރާތުގެ ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތް ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑުތަކާއި އެއްވަރުކޮށްފައެވެ. ދެ ކުޅުންތެރިން ވަނީ މިހާތަނަށް މި މުބާރާތުގައި ފަސް ލަނޑު ކާމިޔާބުކޮށްފައެވެ.

މި މޮޅާއެކު ޑެންމާކް ސެމީއަށް ދަތުރުކުރިއިރު، ސެމީގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ އިންގްލެންޑާއި ޔޫކްރެއިން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.