އިސްލާމިކް މިނިސްޓްރީން އިންތިޒާމު ކޮށްގެން ބާއްވާ އިސްލާމިކް ފެއަރ މިއަދު ހަވީރު ފަށައިފި.

islamic-fare-02

އިސްލާމިކް މިނިސްޓްރީން އިންތިޒާމު ކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވާ އިސްލާމިކް ފެއަރ މިއަދު ހަވީރު ހުޅުވައިފިއެވެ.

އިޝްތިހާރު Below Header ad

ގިނަ މުއައްސަސާތަކާއި ދީނީ ކަންކަން ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ފެށި މި ފެއާ ހުޅުވައި ދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ.

islamic-fare-06

މިމަހުގެ 31 ގެނިޔަލަށް ކުރިއަށްގެންދާ މި ފެއާގެ ޝިއާރަކީ “އުހުއްވަތްތެރިކަން – މުޖުތަމައުގެ ބަދަހިން” އެވެ.

މި އަދު މި ފެއާ ފެށުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދު ބާގިރުވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މިމަހުގެ 31 ގެ ނިޔަލައް ކުރިޔައްދާ މި ފެއާގައި ސަރުކާރު ކުންފުނިތަކާއި ޔުނިވަސިޓީތަކާއި އަމިއްލަ ޖަމިއްޔާތަކާއި ބުކްޝޮޕްތަކުން ވެސްވަނީ ބައިވެރިވެފައިވާކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

islamic-fare-03

މިމަހުގެ 31 ގެ ނިޔަލައް ކުރިޔައްދާ މި ފެއާގެ މެއިން ސްޕޮންސަރަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންއެވެ. ކޯ ސްޕޮންސަރ އަކީ އުރީދޫ މޯލްޑިވްސް އެވެ. މި ފެއާ އޮންނާނީ އިސްލާމީ މަރުކަޒުގެ ހޯލާއި އިސްލާމީ މަރުކަޒު މައިދާން ހިމެނޭ ސަރަހައްދުގައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއަދު ފެށި މި ފެއާގެ މަގުސަދަކީ މުޖްތަމަޢުގައި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން އާލާކުރުމަށް މަސައްކަތް ކުރުމަކީ، މި ފެއާގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ.

islamic-fare-05

މީގެއިތުރުން މިނިސްޓްރީން ވިދާޅުވީ މި ފެއާ އަކީ މިނިސްޓްރީން ރައްޔިތުންނަށް ފޯރުކޮށްދޭ ދީނީ ކަންތައްތަކާމެދު ހޭލުންތެރިކަން އިތުރުކޮށް އިސްލާމީ ހުދޫދުގެ ތެރެއިން މުނިފޫހިފިލުވުމުގެ ކަންކަން އާއްމުންނަށް ހުޅުވާލަދިނުން ކަމުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.