އިތުރު 133 މީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
އިތުރު 133 މީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
ތަފާސް ހިސާބުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ޕޮޒިޓިވް ވެފައިވަނީ މާލެއިން 43 މީހުންނާއި އަތޮޅުތެރެއިން 72 މީހުން ނެވެ. އަދި އޮޕަރޭޝަނަލް ރިސޯޓުތަކުން 13 މީހުންނާއި ތަރައްގީވަމުން އަންނަ ރަށްތަކުން 5 މީހުން ނެވެ.
އެހެންކަމުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ޢަދަދު މިވަނީ 73،931 އަށް އަރާފަ އެވެ. އަދި ބަލިން ރަނގަޅުވި ޢަދަދު ވަނީ 70،325 އަށް އަރާފަ އެވެ.
ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން 24 މީހުންނަށް ފަރުވާ ދެމުން އަންނަ އިރު، އެކްޓިވް ކޭސްގެ ޢަދަދަކީ 3،381 އެވެ.
މި ބަލީގައި ރާއްޖެއިން މިހައިތަނަށް ނިޔާވީ 213 މީހުން ނެވެ.
✳️ COVID-19 : Case Updates pic.twitter.com/PREtclEM8q
— Health Protection Agency (@HPA_MV) July 1, 2021