ޚަބަރު ފީތާ

ނަސީރުއްދީން ޝާހް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި

ބޮލީވުޑުގެ އެކްޓަރ ނަސީރުއްދީން ޝާހް ހޮސްޕިޓަލުގައި އެނދުމަތި ކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި މުމްބާއީގެ ހޮސްޕިޓަލެއްގައި އޭނާ އެނދުމަތި ކުރީ ދެ ދުވަސް ކުރިން ނެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ފުއްޕާމޭގައި އިންފެކްޝަނެއް ހުރުމުގެ ސަބަބުން ކަމަށެވެ.

ޢުމުރުން 70 އަހަރުގެ ނަސީރުއްދީން ޝާހުގެ ހާލު ރަނގަޅު ކަމަށާއި މިހާރުއޮތީ އޮބްޒަރވޭޝަންގައި ކަމަށް އޭނާގެ އަންހެނުން އެކްޓަރ ރަތްނާ ޕަތަކް ޝާހް އާ ޙަވާލާދީ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. އަދި އޭނާގެ ދަރިން ވެސް ތިބީ ހޮސްޕިޓަލުގައި އޭނާގެ ގާތުގައި ކަމަށް ވެސް ބުނެފައި ވެއެވެ.

އިންޑިއާގެ އެންމެ ކުޅަދާނަ އެކޓަރުންގެ ތެރޭގައި ހިމެނޭ ނަސީރުއްދީން ޝާހްއަށް ވަނީ އިންޑިއާ ސަރުކާރުން ދޭ ޕަދްމާ ޝްރީ އެވޯޑާއި ޕަދްމާ ބްޝާން އެވޯޑު ލިބިފަ އެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: