
މެމްބަރުން މަޖިލީހަށް ހާޒިރުވެގެން ޖަލްސާތައް ބޭއްވުމަށް މަޝްވަރާ ކުރަން ފަށައިފި
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ހާޒިރުވެގެން ޖަލްސާތައް ބޭއްވުމަށް މަޝްވަރާ ކުރަން ފަށައިފި އެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ މި މަޝްވަރާތައް ފެށީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފައިވާތީ ކަމަށެވެ.
އީވާ ވިދާޅުވީ އަންނަ ހަފްތާއިން ފެށިގެން ޖަލްސާތައް ތަޅުމުގައި ކުރިއަށްގެންދިއުމަށް ހެލްތް މިނިސްޓަރާ އެކު މަޝްވަރާ ކުރައްވަމުން އަންނަކަމަށެވެ.
ކޮވިޑް ފެތުރުން އިތުރުވުމުން މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްވަން ފެށީ މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ނެވެ.