ޚަބަރު ފީތާ

ދިލިޕް ކުމާރު އަނެއްކާވެސް އައިސީޔޫގައި އެޑްމިޓް ކޮށްގެން ފަރުވާދޭން ފަށައިފި

ބޮލީވުޑް ލެޖެންޑަރީ އެކްޓަރ ދިލިޕް ކުމާރު އަނެއްކާ ވެސް ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި އެވެ.

ޚަބަރުތައް ބުނާގޮތުން އޭނާ މިފަހަރު ވެސް އެޑްމިޓް ކުރީ ނޭވާލުމަށް އުނދަގޫވާތީ އެވެ. އަދި އޭނާ މިފަހަރު ވެސް އެޑްމިޓް ކުރީ މުމްބާއީގެ ޕީޑީ ހިންދޫޖާ ހޮސްޕިޓަލްގަ އެވެ.

ޢުމުރުން 98 އަހަރުގެ ދިލިޕް މި ޖޫން މަހުގެ 6 ވަނަ ދުވަހު ވެސް ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދީފަ އެވެ. އެ ފަހަރު ވެސް އޭނާ ގެންދިޔައީ ނޭވާލާން އުނދަގޫވާތީ އެވެ.

ފުއްޕާމެއަށް ފެން އެޅިފައި ހުރުމުގެ ސަބަބުން އެ ފެންތައް ނަގައި، އަރާމު ކުރުމަށް ދެ ދުވަހު ހޮސްޕިޓަލުގައި ބޭއްވުމަށް ފަހު، ދިލިޕް ހޮސްޕިޓަލުން ދޫކޮށްލީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

60 އަށްވުރެން ގިނަ އަހަރު ވަންދެން ބޮލީވުޑްގައި ’ޓްރެޖެޑީ ކިންގ’ގެ ގޮތުގައި މަޝްހުރުވެފައިވާ އެކްޓަރ ދިލިޕް ކުމާރު ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން މުޣަލް-އޭ-އާޒަމް، ގަންގާ ޖަމުނާ، ކްރާންތީ އަދި ކަރްމާ އަކީ ގިނަބަޔަކު މިހާރުވެސް ބަލައިލުމަށް ބޭނުންވާ ފިލްމުތަކެެވެ.

ދިލިޕް ކުމާރު އެންމެ ފަހުން ސްކްރީނުން ފެނިފައިވަނީ 1998 ވަނަ އަހަރު ރިލީޒްކުރި ފިލްމު ”ގިލާ“ އިންނެވެ.

1994 ވަނަ އަހަރު ދާދާސާހަބް ޕަލްކޭ އެވޯޑާއި 2015 ވަނަ އަހަރު ޕަދްމާ ވިބޫޝަން އެވޯޑް ވަނީ ދިލިޕް ކުމާރަށް ލިބިފަ އެވެ.

Like
Like Love Haha Wow Sad Angry